މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މުތީ ގޯޅީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް 19:26 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އަނިޔާވި ފިރިހެން މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރެ އެވެ.

މި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި މާރާމާރީގެ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ވީޑިއޯއިން ފެންނަ ފެނުމަށް ބިދޭސީ މީހާގެ ބޮލުގެ ފުށްކިބަ ކައިރި ވަނީ ފަޅާލާފަ އެވެ. އަދި އެމީހާ އަތުން ބޮލުގައި އަތް އަޅައިން ހުރި ނަމަވެސް ލޭ ފައިބާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.

މީގެ ކުރިންވެސް ބިދޭސީންގެ މެދުގައި މާރާމާރީ ހިންގާ މައްސަލަތައް ފެންމަތިވެފައި ވެ އެވެ.