ތައިމޫރު އަލީ ޚާންއަކީ މީޑިއާގެ ސަމާލުކަން ހޯދާފައިވާ އެންމެ މަގުބޫލު "ސްޓާ ކިޑް" އެވެ. އޭނާގެ ކޮންމެ ކަމަކަށް މީޑިއާއާއި އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބެ އެވެ.

އެގޮތުން އެންމެ ފަހުން ތައިމޫރުގެ މަންމަ ކަރީނާ ކަޕޫރު ޚާން އޭނާއާ ބެހޭ ގޮތުން ދެއްކި ވާހަކަތައް ވެސް މިވަނީ ވައިރަލްވެފަ އެވެ. އެ އިންޓަވިއުގައި ކަރީނާ ވަނީ ތައިމޫރު ކުރަން ބޭނުންވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

ކަރީނާ ބުނީ ތައިމޫރަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވި ކުއްޖެއް ކަމުގައި ވީނަމަވެސް އޭނާގެ ޝައުގުވެރިކަން ފިލްމީ ދާއިރާއަށް ނެތް ކަަމަށެވެ.

އެހެނެއް ކަމަކު އޭނާއަކީ ފުޓުބޯޅަ ފޭންއެއް ކަމަށާއި ބޮޑުވެގެން "މެސީ" ކަހަލަ ފުޓުބޯޅަ ކުޅުންތެރިޔަކަށް ވާން ބޭނުންވާ ކަމަށް ކަރީނާ ބުންޏެވެ.

ކަރީނާ އިތުރަށް ބުނީ ތައިމޫރު ދާން ބޭނުންވާ ރޮނގެއް ނިންމަން އެމީހުން ބާރު ނާޅާ ކަމަށާއި އެއީ ތައިމޫރު އަމިއްލައަށް ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ.

ތައިމޫރަކީ ސައިފް އަލީ ޚާންއާއި ކަރީނާ ކަޕޫރުގެ ދޮށީ ދަރިފުޅެވެ. އޭނާ އުފަންވެފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު 20ގަ އެވެ.