ބޮލީވުޑްގެ ތަރި ކަންގަނާLayout ރަބެހޭގޮތުން ނޯޓްއަކީ އިންޑިއާގެ އެކި ކަންކަމުގައި އަޑު އުފުލާ ތަރި އެކެވެ. ހާއްސަކޮށް މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ތާއީދުކޮށް އޭނާ ދައްކާ ވާހަކަތަކަކީ އާއްމުންގެ ސަމާލުކަން ލިބޭ ވާހަކަތަކެކެވެ.

އެއާއެކު ދެން އުފެދުނު ސުވާލަކީ ފުރުސަތެއް ލިބިއްޖެނަމަ މޯދީގެ ޕާޓީގެ ފަރާތުން ކަންގަނާ ސިޔާސީ ދާއިރާއަށް ނުކުމެދާނެތޯ އުފެދުނު ސުވާލެވެ.

ދާދި ފަހުން ބޭއްވި އިންޓަވިއުއެއްގައި ކަންގަނާ މިވަނީ އެކަމާ ވާހަކަދައްކާފަ އެވެ. ކަންގަނާ ބުނީ އޭނާގެ ކުރިއަށް އޮތް ފިލްމު ބެލުމަށްފަހު އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް އޭނާ އަރުވަން އެއްވެސް މީހަކު ބޭނުންނުވާނެ ކަމަށެވެ.

ކަންގަނާގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ އިމަޖެންސީއަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އެ ފިލްމުގައި އިންދިރާގެ ހަޔާތުގައި ކުރިމަތިވި އެކި ކަހަލަ ގޮންޖެހުންތަކާއި ސިޔާސީ ހަޔާތުގައި ކުރިމަތިވި ދަތިތައް ފެނިގެންދާނެ އެވެ.

އެ ފިލްމަކީ ކަންގަނާ ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ ފިލްމެކެވެ. އެއީ އޭނާ ޑައިރެކްޓްކުރާ އެންމެ ފުރަތަމަ ފިލްމުކަން ފާހަގަ ކުރެވެ އެވެ.