ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާގެ ތެރެއިން 56 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުން އެނގޭ ގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި 56 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
އެ ފައިސާ ދޫކޮށްފައިވަނީ ކޮން ފަރާތްތަކަށް ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
ދައުލަތުގެ ބަޖެޓުގައި މި އަހަރު ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ 101 މިލިއަން ރުފިޔާ އެވެ.
ބަދަލުގެ ގޮތުގައި ދޭން މިދިޔަ އަހަރު ވެސް ބަޖެޓުގައި 101 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. ނަމަވެސް އަހަރު ނިމުނުއިރު ބަދަލުގެ ގޮތުގައި 557 މިލިއަން ރުފިޔާ ދީފައިވާކަން ފިނޭންސްގެ ތަފާސްހިސާބުތައް ދައްކަ އެވެ.
ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމެޓީ މި ސަރުކާރުން އުވާލީ މިދިޔަ މަހުގެ 22 ގަ އެވެ.
"ކޯން ބަނޭގާ ކްރޯޑްޕަތީ 18"އާއެކު އަމީތާބު ޓީވީ ސްކްރީނަށް!
މިއީ މިނިވަން ދުވަހުގެ ޖަލްސާއަށް ނުކިޔާ ފުރަތަމަ ފަހަރު: ނަޝީދު
24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ފުވައްމުލަކަށް: މެޓް
