އެމެރިކާގައި ދިރިއުޅޭ 80 އަހަރުގެ ޖަޕާން ނަސްލުގެ ޓޮޝީކީ އިޓޯގެ މޫނު ޓިކްޓޮކުން ފެނިފައި މީހުން ހައިރާންވެއްޖެ އެވެ.

ހައިރާންވި މީހުންގެ ތެރޭގައި ހަމުގެ ޑޮކްޓަރުން ވެސް ހިމެނެ އެވެ. ޓޮޝިކީގެ މާމަ ދަރިފުޅު 36 އަހަރުގެ ޔޫރީ ލީ އޭނާގެ މާމައާއެކު ނަގާފައިވާ ވީޑިއޯއެއް ޓިކްޓޮކަށްލުމާއެކު އެހާ ސަމާލުކަން ލިބުނީ ކޮސްމެޓިކް ފަރުވާއާ ނުލައި މާމައަށް އޮމާން މޫނެއް ލިބިފައިވާ ކަމަށް ބުނުމުންނެވެ.

އެއާއެކު ހަމުގެ ޑޮކްޓަރުން ޓޮޝިކީ މޫނުގައި ހާކަން ބޭނުންކުރާ އެއްޗެތި އާއި ކުރާ ކަންކަމުގެ ތަފްސީލް ހޯދައި، އެ އެއްޗެތިން އޭނާގެ ހަނގަޑު ޒުވާންކޮށް ބެހެއްޓުމަށް އެހީވެދޭ ތަކެތި ދެނެގަތެވެ.

ޓޯޝީކީ ބޭނުންކުރާ ތަކެތީގައި ހިމެނޭ ޕްރޮޓީންސް، ވިޓަމިން ސީ އަދި ހަޖަމު ރަނގަޅު ކޮށްދޭ މާއްދާތަކަކީ ހަންގަނޑަށް ފައިދާހުރި މާއްދާތައް ކަމަށް ޑޮކްޓަރުން އެއްބަސްވެ އެވެ. މީގެ އިތުރުން ޓޮޝިކީ އަތްވަށް ނުނިކުތުމާއި ވަކި ނަސްލަކަށް ނިސްބަތްވުމަކީ ހަންގަނޑު ރީތިކޮށް ހުންނަ އެންމެ މުހިންމު ދެ ސަބަބު ކަމަށް ހަމުގެ ޑޮކްޓަރުން ފާހަގަކުރި އެވެ.