ރާއްޖޭގެ އެންމެ ނަން މަޝްހޫރު މޮޑެލްއަކީ ކައިޒީން ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. ފާޑުކިޔުންތަކަށް ބެލުމެއް ނެތި ކުރި މަސައްކަތްކަތުން ކައިޒީން ވަނީ މި ދާއިރާގެ އެންމެ އުހަށް އަރާފަ އެވެ.
ދާދިފަހުން ކައިޒީން މިވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ކުޑައިރުގެ ގިނަ ފޮޓޯތަކެއް ފޭނުންނާ ހިއްސާކޮށްފަ އެވެ.
އެ ފޮޓޯތަކުގައި މިހާރެކޭ އެއްގޮތަށް އޭރު ވެސް ކައި އެހާ ސްޓައިލިޝް އެވެ. ހެދުންތަކުގެ ޑިޒައިނާއި ކަރުގައި އަޅާ ފަށްތަކާއި ބޮލުގައި ޖަހާފައިވާ ޓައި އާއި އަރާ ފައިވާނަށް ބެލުމުން ވެސް ކައިގެ މަންމަމެން އޭނާގެ ރީތިކަމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާކަން އެނގެ އެވެ. ކުޑަކުޑަ ކައި އޭރު ވެސް ފޮޓޯތަކަށް ހުއްޓިގެން ހުންނަ ގޮތްގޮތުން މޮޑެލްކުރުމުގެ ސިފަތަކެއް ހުރިކަން އެނގެ އެވެ.
ފޮޓޯތަކާއި އެކު ލިޔެފައިވާ ކެޕްޝަން ގައި ކުޑައިރުވެސް ރީތި ހެދުން އަޅާ ނަލަ ހެދިގެން ފޮޓޯނެގުމަކީ އޭނާ ވަރަށް ގަޔާވާ ކަމެއް ކަމަށް ލިޔެފައިވެ އެވެ.
ކައި ބުނި ގޮތުގައި އޭނާ އޭރު ލާ ގިނަ ގިނަ ހެދުންތައް ފަހައިދެނީ މަންމަ އެވެ. އަދި ކުޑައިރުއްސުރެ މަންމަ އާއި ބައްޕަގެ އޭނާއަށް އެއްވެސް ކަމަކަށް ދަތިވިޔަ ނުދޭ ކަމަށާއި އަބަދުވެސް ލޯބި ދިން ކަމަށް ކައި ބުންޏެވެ.
މި ޕޯސްޓް ނިންމާލަމުން ކައި ވަނީ އޭނާއަށް ސަޕޯޓްކޮށް، ހެޔޮ އެދޭ ފޭނުންނަށް ޝުކުރުވެސް އަދާކޮށްފަ އެވެ.