މިޔަންމާގެ އަސްކަރިއްޔާއިން ފޭސްބުކްގައި ހިންގާ ޕޭޖްތަކާއި ކުރާ ޕޯސްޓްތައް ފެންނަ މިންވަރު މަދުކުރާނެކަމަށް ފޭސްބުކުން އިއްޔެ ބުނެފި އެވެ.
ފޭސްބުކުން މިހެން ބުނެފައިވަނީ މިޔަންމާގެ އަސްކަރިއްޔާއިން ހިންގާ ޕޭޖްތަކުން ދޮގުހަބަރު ފަތުރާތީކަމަށް ފޭސްބުކުން ބުނެ އެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ ނެޓްވޯކުން މިފިޔަވަޅު އަޅަން ނިންމާފައިވަނީ އެކެއް ފެބްރުއަރީގައި މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގެ ސަރުކާރުގެ އިސްވެރިން ހައްޔަރުކޮށްފައި ވަނިކޮށެވެ.
ފޭސްބުކުން މިފިޔަވަޅު އެޅުމަށް ހަމަޖެހިފައި ވަނީ އެ ގައުމުގެ އަސްކަރިއްޔާއިން ހިންގާ ފޭސްބުކް ޕޭޖަކާއި ތަރުޖަމާނު ހިންގާ ޕޭޖަކަށެވެ. މީގެ އިތުރުން ވެސް، މިސް އިންފޮމޭޝަން ޕޮލިސީއާ ހިލާފްވާ އަސްކަރިއްޔާއިން ހިންގާ އެހެން ޕޭޖްތަކަށް ވެސް ފިޔަވަޅު އަޅާނެކަމަށް ފޭސްބުކްއިން ބުންޏެވެ.
ފޭސްބުކްއިން އަޅާ މިފިޔަވަޅަކީ އެ ޕޭޖްތައް ހުއްޓުވުން ނޫން ކަމަށާއި އަދި ނަމަވެސް ޕޭޖްތަކުން ކުރާ ޕޯސްޓްތައް ފެންނަ މީހުންގެ އަދަދު މަދުކުރުން ކަމަށް ބުންޏެވެ. މީގެ އިތުރުން މީހުންގެ ނިއުސްފީޑުގައި ފެންނަން ހުންނަ ރިކޮމެންޑެޑް ޕޭޖްތަކުގެ ތެރޭގައި މިޕޭޖްތައް ދެން ފެންނަން ނުހުންނާނެ އެވެ.
ފޭސްބުކުން ބުނިގޮތުގައި، ފޭސްބުކްގައި ހުންނަ ޕޯސްޓްތައް ރިމޫވްކުރުމަށް އެހެނިހެން އިދާރާތަކުން ފޭސްބުކްގައި އެދޭގޮތަށް މިއަންމާގެ އަސްކަރިއްޔާއަށް އެދުމުގެ ފުރުސަތު ނުދޭން ނިންމައި މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
"މިހެން އަމަލުކޮށްގެން އަހަރެމެން މިރައްކާތެރިކުރަނީ މިޔަންމާގެ ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ ހައްޤު. އަދި އެގައުމުގައި ހިނގާ ކަންކަން ދުނިޔެއާ ހަމައަށް ފޮރުކޮށްދިނުމުގެ މިނިވަންކަން މިދެނީ،" ޑިރެކްޓަ އޮފް ޕަބްލިކް ޕޮލިސީ ރަފެލް ފްރެންކެލް ވިދާޅުވި އެވެ.
މިޔައްމާގެ އަސްކަރިއްޔާއިން އަން ސަން ސޫކީ އާއި ސަރުކާރުގެ އިސް އޮފިޝަލުން ހައްޔަރުކުރިފަހުން އެތައް ހާސް ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ.