މިއަދުވެސް މިއޮތީ ކުކުޅުގެ ބާވަތެކެވެ. ކުކުޅާއެކު ކުޅި ރަހަތަކަށް ލޯބި ކުރައްވާ ފަރާތްތަކަށް ހަމަ ގައިމުވެސް މި ކެއުން ކަމުދާނެ އެވެ.

ބޭނުންވާ ތަކެތި

  • 650 ގްރާމު އަލުވި (ތޮށި މަށައި 1 އިންޗި ކިއުބްއަށް ކޮށާފައި)
  • 2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
  • 1 ބޮޑު ފިޔާ ( ތުނިކޮށް ކޮށާފައި)
  • 2 ސައިސަމުސާ މުގުރި ދިރި
  • 2 ސައި ސަމުސާ މުގުރި މިރުސް
  • 300 ގްރާމު ބޯންލެސް ކުކުޅު (އަލުވި ކޮށި މިނަށް ކޮށާފައި)
  • 400 ގްރާމް ޓޮމާޓޯ (ކިއުބްކޮށް ކޮށާފައި)
  • 2 ލޮނުމެދު (ޗިސްކޮށްފައި)
  • 1/2 ޖޯޑު ޔޯގަޓް
  • ލޮނު
  • 1/2 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް

  1. ތެއްޔަކަށް ތެޔޮފޮދު އަޅައި ހޫނު ވުމުން ފިޔާކޮޅާއި ލޮނުމެދު އަޅާ ރަތްކޮށްލާށެވެ.
  2. ފިޔާ ރަތްވާން ފެށުމުން އަލުވި، ދިރި އަދި މިރުސް އަޅާ ހަނާކޮށްލާށެވެ.
  3. އެއަށްފަހު ކުކުޅު، ޔޯގަޓް އަދި ޓޮމާޓޯ އަޅައި ރޯ ފިލަންދެން ކައްކާލާށެވެ.
  4. ދެން ފެންފޮދު އަޅައި ރަނގަޅަށް އެއްކޮށްލައި ލޮނު ރަހަ ހެޔޮވަރު ކޮށްލާށެވެ.

ބަތް ނުވަތަ ރޮށްޓާއެކު ސައިޑް ޑިޝްއެއްގެ ގޮތުގައި މި ކެއުން ތިބޭފުޅުންގެ ރޯދަ ސުފުރާ އިތުރަށް ފުރިހަމަ ކޮށްދޭނެ އެވެ.