އިނގިރޭސި ޝާހީ އާއިލާއަށް ނިސްބަތްވާ ޕްރިންސަސް ކޭޓް މިޑްލްޓަން ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކަމަށް އޭނާ ހާމަކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯއެއްގައި ކޭޓް ބުނެފައިވަނީ މިދިޔަ ޖެނުއަރީ މަހު ކެންސަރަށް މަގުފަހިވާނެ ފަދަ ޓިއުމަރެއް އޭނާގެ ހަށިގަނޑުން ނަގާފައިވާ ކަމަށާއި އެހެން ނަމަވެސް ސާޖަރީއަށްފަހު ކެންސަރު ޖެހިފައި ހުރިކަން އެނގުނު ކަމަށެވެ.
އެހެން ކަމުން މިހާރު ކީމޯތެރަޕީގެ ފަރުވާ ފަށައިގެން ކުރިއަށް ގެންދާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ކޭޓް ބުނެފައިވެ އެވެ.
އާއްމުންގެ ފަރާތުން ލިބެމުން އަންނަ ހެޔޮ ދުއާގެ މެސެޖުތަކަށް ކޭޓް ޝުކުރު އަދާކުރިއިރު އޭނާ ވަނީ މި ދަނޑިވަޅުގައި އޭނާއަށާއި އޭނާގެ އާއިލާއަށް ވަގުތު ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.
ފާއިތުވެދިޔަ މަސްތަކުގައި ކޭޓް އާއްމު މަސްއޫލިއްޔަތުތަކުން އެކަހެރި ވުމުން އޭނާގެ ސިއްހަތާމެދު އާއްމުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފަ އެވެ.
ޕްރިންސަސް ކޭޓްއާއި ޕްރިންސް ވިލިއަމް ކައިވެނި ކޮށްފައިވަނީ 2011 ވަނަ އަހަރު އެވެ. އެ ދެމީހުންނަށް ތިން ދަރިން ލިބިފައިވެ އެވެ.
ބީއެމްއެލް އިން އަޅާ 182 ފްލެޓްގެ މަސައްކަތް ކުރިއަށް
ހޯކްސްއިން ޕެޓްރޯލް ލީޓަރެއްގެ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފި
މީހުން ދޮގުހަދަނީ ކީއްވެ؟ މިފަދަ ކަންކަމާ ކުރިމަތިލާނެ ގޮތް