ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީގެ ދެ ލަނޑާއެކު ސްޕެނިޝް ލީގުގައި ރޭ އަލަވެސް އަތުން 5-1 އިން ބާސާ މޮޅުވެއްޖެ އެވެ. މިއީ ސްޕެނިޝް ލީގުގައި ބާސާ ޖެހިޖެހިގެން މޮޅުވި ހަތް ވަނަ މެޗެވެ.

އަލްވޭސްގެ ދަނޑުގައި ކުޅުނު މެޗުގައި މެސީގެ އިތުރުން، ބާސާގެ ފްރަންސިސްކޯ ޓްރިންކާއޯ ވެސް ދެ ލަނޑު ޖެހި އެވެ. އަދި ޖޫނިއަރ ފިރްޕޯ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.

މި މެޗަކީ މެސީ ސްޕެނިޝް ލީގުގައި ކުޅުނު 505 ވަނަ މެޗެވެ. އަދި ޓްރިންކާއޯ ،21، ބާސާގެ ފުރަތަމަ 11ގައި ކުޅުނު ފުރަތަމަ މެޗެވެ. އެކަމަކު މީގެ ކުރިން ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ބާސާ އަށް މެޗުތަކެއް ކުޅުނެވެ.

މި މޮޅާއެކު ބާސާ ވަނީ ތާވަލްގެ ދެވަނަ އަށް ޖެހިލައިފަ އެވެ. އެކަމަކު އެ ޓީމު އޮތީ ތާވަލްގެ އެއްވަނައިގައި އޮތް އެތުުލެޓިކޯ މެޑްރިޑަށްވުރެ 8 ޕޮއިންޓް ފަހަތުގަ އެވެ. – ބީބީސީ