ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް އެމް-ފައިސާ މެދުވެރިކޮށް އުރީދޫން ހަމަޖައްސައިފި އެވެ.

އުރީދޫގެ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓާ ކޮށްލައިގެން ފޯނުން ފިތުރު ޒަކާތް ދެއްކުމަށް އެ ކުންފުނިން ވަނީ މަގުފަހިކޮށްދީފަ އެވެ.

އުރީދޫ އެޕް ޑައުންލޯޑު ކުރުމަށްފަހު އެމް-ފައިސާ ޓެބް ނެގުމަށްފަހު، ފިތުރު ޒަކާތް ބެނާއަށް ފިތާލާށެވެ. އޭގެ ފަހުން ޒަކާތް ދެއްކުމަށް ބޭނުންވާ އަދަދާއި ބާވަތް ޙިޔާރުކޮށް، ޒަކާތް ދައްކަން ބޭނުން ފަރާތުގެ މައުލޫމާތު ފުރާލާނީ އެވެ.

އޭގެ ފައިސާ ދެއްކުމަށް އެމްފައިސާ ޙިޔާރުކޮށް ވޮލެޓް ނަމްބަރު ޖަހާލައިގެން، އޯޓީޕީ ލިބުމުން، އޯޓީޕީ ޖެހުމުން އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކިކަމަށް ރަސީދު ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

މިއަހަރުގެ ފިތުރު ޒަކާތް ދެއްކުމަށް ހުޅުވާލެވިފައިވަނ11ީ މާރިޗު 2024 ވާ ހޯމަ ދުވަހުން ފެށިގެން 6 އެޕްރީލް 2024 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

އެމް-ފައިސާގެ މި ލިންކު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.