ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ އަމީނިއްޔަ ސުކޫލު ހޯލުންް (ލިލީ މަގު ދޮރާށި) ކަމަށެވެ. އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ޒަކާތް ބަލައިގަންނާނެ އެވެ.
ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނީ މިއަދުން ފެށިގެން މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަަލަށް 13:00 އިން ފެށިގެން 16:00 އާ ހަމައަށެވެ. އަދި އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު 13:00 އިން ފެށިގެން އިރުއޮއްސި 18:00 ގެ ނިޔަލަށް ޒަކާތް ބަލައިގަންނާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތަކަކީ، އާދައިގެ ހަނދޫ، ތައި ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަންފުށް އަދި އާޓާ ފުށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 1,599,113ރ. ލިބިފައިވެ އެވެ.
ދުވާލަކު 35 ބޭސް ކާ ކަމަށް ކިމް ބުނުމުން މާހިރުން އިންޒާރު ދީފި
ހައްޖު ދުވަހުގެ މާތްކަން ހާމަވާ 10 ކަމެއް!
ޓްރީޓޮޕްގެ ފާޓިލިޓީ ސެންޓަރުގައި 100 ކުދިން އުފަންވެއްޖެ