މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި، ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 8،000ރ. ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޝަހީމް ވިދާޅުވީ އެ ފައިސާ ޖަމާވާނީ ސީދާ އެ މީހެއްގެ އެކައުންޓަށް ކަމަށެވެ.

ޝަހީމް ވިދާޅުވީ މި އަހަރު މާލެއަށް ފިތުރު ޒަކާތް ދެއްކި މިންވަރު އިތުރުވެފައިވާ ކަމަށެވެ.

"މާލޭގައި ފަގީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް 8،000ރ. ގެ ރޭޓުން ފިތުރު ޒަކާތް ވަނީ ބަހަން ފަށައިފައި. ފައިސާ ޖަމާވާނީ ސީދާ އެ މީހެއްގެ އެކައުންޓަށް،" އޭނާ ވިދާޅުވި އެވެ.

އެކި ސަބަބުތަކާ ހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބިދަރިންނަށް ނިކަމެތިކަން މެދުވެރިވެފައިވާ މީހުންގެ އާއިލާތަކަށް ވެސް ފިތުރު ޒަކާތުން އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ކުޑަކުދިންގެ ހިޔާ އާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ މީހުންގެ މަރުކަޒުގައި ތިބި މީހުންނަށް ވެސް ފިތުރު ޒަކާތް ދޭނެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ރޯދަމަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މާލޭގައި ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާފަ އެވެ. ގޮވާމުން ޒަކާތް ބެހުން އޮންނާނީ އަމީނިއްޔާ ސްކޫލްގެ ހޯލުގައި ހެނދުނު 11:00 އިން މެންދުރުފަހު 3:30 އަށެވެ. އަދި ރޭގަނޑު 8:30 އިން 10:30 އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި 8،000 ވަރަކަށް މީހުން އެބަތިބި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.