ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ހޮވިވަޑައިގެންނެވުމާ އެކު ދެއްކެވި އެންމެ މުހިންމު ވާހަކައަކީ އެމަނިކުފާނު ޖަވާބުދާރީ ވާންޖެހޭނީ ހަމައެކަނި ރައްޔިތުންނަށް ކަމުގަ އެވެ. އެހެން އެއްވެސް މީހެއްގެ ނުފޫޒު އެމަނިކުފާނުގެ މައްޗަށް ނުފޯރާނެ ކަމުގަ އެވެ. އެމަނިކުފާނަކީ ރައްޔިތުން ހަވާލުކުރި އަމާނާތަކާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއްކަމުގައި ވެސް އަންނަނީ ވަކާލާތު ކުރައްވަމުންނެވެ.
ރައީސް މުއިއްޒު ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ މި ވާހަކަފުޅުތަކަކީ ޑިމޮކްރަސީގެ މައިގަނޑު އުސޫލެއްގެ މައްޗަށް ބިނާކުރައްވާ ދައްކަވާ ވާހަކަފުޅެކެވެ. ޑިމޮކްރެޓިކް އުސޫލުން ހޮވޭ ކޮންމެ ރައީސަކު ވެސް ޖަވާބުދާރީ ވާންޖެހޭނީ ރައްޔިތުންނަށެވެ.
ޕީޕީއެމް/ޕީއެންސީގެ ނަމުގައި ކުރީގެ ރައީސް ޔާމީނުގެ ހުސްގޮޑީގެ ހިއްސާއާ ވެސް އެކު ވެރިކަމަށް ހޮވިވަޑައިގެންނެވި ރައީސް މުއިއްޒު، ރައްޔިތުންނަށް އިހުތިރާމް ކުރައްވައި ޒިންމާ އުފުއްލަވާނެ މިންވަރު، ވަކަރަށް ޖަހާލުމަށް ލިބޭ ފުރަތަމަ ފުރުސަތަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހަރަކާތްތަކެވެ.
ގިނަ ޕާޓީތައް ހިމެނޭ ޑިމޮކްރަސީގެ އެންމެ މައިގަނޑު އަސާސަކީ އިންތިޚާބެވެ. އެއީ ޕާޓީގެ އެތެރޭގެ އިންތިޚާބު ކަމުގައި ވިޔަސް އާންމު އިންތިޚާބު ކަމުގައި ވިޔަސް ނުވަތަ ރިޔާސީ އިންތިޚާބު ކަމުގައި ވިޔަސް އިންތިޚާބުގެ ނަތީޖާއަށް ހުރުމަތްތެރިކޮށް ހިތުމަކީ އެ އިންތިޚާބުގައި ޝާމިލުވާ އެންމެންގެ މައްޗަށް ލާޒިމު ކަމެކެވެ. އެހެން އެކަން އޮތް ނަމަވެސް އާންމު އިންތިޚާބަށް ކުރިމަތި ލުމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ޕްރައިމަރީއަށް ކުރިމަތިލި ބައެއް ކެންޑީޑޭޓުން ޕާޓީގެ ފަރާތުން ބަލައިނުގަނެ ބޮލާލާ ޖެހުންވީ ވެރިކަމާ ހަވާލުވި ފަހުން ރައީސް މުއިއްޒުގެ ލީޑަޝިޕްގެ ދަށުން ޑިމޮކްރަސީގެ އުސޫލުތަކާ ދެކޮޅަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި އެޅުއްވި ފުރަތަމަ ފިޔަވަޅު ކަމުގަ އެވެ.
ޚުދުމުޚުތާރު ސިފައެއްގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ނިންމި ނިންމުމުގެ ސަބަބުން އުފެދުނު ހަމަނުޖެހުން ކޮންޓްރޯލު ކުރެވުނީ ޕާޓީން ނަން ބަލައި ނުގަތް ކެންޑިޑޭޓުން ވެސް ހިމެނޭހެން ކުރިމަތިލި ހުރިހާ ކެންޑިޑޭޓުނަށް ޕްރައިމަރީގައި ވާދަކުރެވޭގޮތަށް ހަމަޖެއްސުމުންނެވެ.
ޕްރައިމަރީ އަށް ވާދަކުރުމުގެ ފުރުސަތު ދޭން ޕާޓީގެ ލީޑަޝިޕުން ބޭނުން ނުވި މެންބަރުންނަށް އެ ފުރުސަތު ލިބި އޭގެތެރެއިން ގިނަ ބަޔަކު ބޮޑު ތަފާތަކުން ޕްރައިމަރީ ކާމިޔާބު ކުރި ކަމުގައި ވިޔަސް ރައީސް މުއިއްޒާއި ސަރުކާރު ހިންގާ ދެޕާޓީ ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި އަބްދުއްރަހީމަކަށް އެނމެންބަރުންނަށް ތާއީދު ކުރައްވާކަށް ފެނިވަޑައެއް ނުގެންނެވި އެވެ. އޭގެ ބަދަލުގައި ފެންނަމުން ދަނީ އެ ދެބޭފުޅުންނަށް ވަފާތެރި ބައެއް މީހުނަށް ފާޅުގައި ތާއީދު ކުރައްވައި ޕާޓީގެ ކެންޑިޑޭޓުން އެކަހެރި ކުރާތަނެވެ.
އެކަން ކުރަމުން ދަނީ ސިއްރުންނެއް ވެސް ނޫނެވެ. ކެމްޕޭން ދަތުރުތަކުގައި ރައީސް މުއިއްޒު ގެންދަވަނީ ޕާޓީން ކުރިމަތިލައިފައިވާ މެންބަރުންގެ ތެރެއިން އެމަނިކުފާނު ތާއީދު ނުކުރައްވާ ކެންޑިޑޭޓުން އެކަހެރިވުމަށް ވެސް ގޮވާލައްވަމުންނެވެ. ޕާޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ހޮވައިފައިވާ ކެންޑިޑޭޓުން ބާކީ ކޮށްލައި އަމިއްލަ ކެންޑިޑޭޓުން ނެރުމަށް ވުރެ ޚުދުމުޚުތާރު ކަމެއް ރައީސަކަށް ކުރެވޭނެ ހެއްޔެވެ. އެގޮތަށް އަމަލު ކުރައްވަމުން ވެސް ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމުގައި ވިދާޅުވާނަމަ އެދެއްކެވޭ ވާހަކައިގެ ދެކޮޅެއް ނުޖެހެ އެވެ.
ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް ރައީސް މުއިއްޒު ދައްކަވާ ދެވަނަ ވާހަކަފުޅަކީ ސަރުކާރުގެ ކެންޑިޑޭޓުންގެ ވާހަކައެވެ. ރިޔާސީ ނިޒާމެއްގައި ސަރުކާރަކީ ރައްޔިތުން އިންތިޚާބު ކުރާ ރައީސަކާއި އެމަނިކުފާނު އައްޔަން ކުރައްވާ ކެބިނެޓެވެ. ރައްޔިތުންގެ މަޖިލީހަކީ ސަރުކާރާ ގުޅުމެއް ނެތް ވަކި މުއައްސަސާއެކެވެ. އެ މަޖިލީހުގެ އިންތިޚާބަށް ސަރުކާރުގެ ކެންޑިޑޭޓުނެއް ނުނެރޭނެ އެވެ. ސަރުކާރު ހިންގެން އޮތީ މަޖިލީހުގެ މެޖޯރިޓީ ލިބިގެންކަމުގައި ބުނާ ނަމަ އެ ދައްކަނީ ރިޔާސީ ނިޒާމެއް ހިނގާ ޑިމޮކްރެޓިކް ވެށްޓެއްގައި ކަންތައް އޮންނަ ޖެހޭ އުސޫލާ ޚިލާފު ވާހަކައެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނަށް ސަރުކާރުގެ އާރާއި ބާރު ބޭނުން ކޮށްގެން ކެންޕޭނު ކުރަމުން ގެންދާއިރު ސަރުކާރަށް މެޖޯރިޓީ ބޭނުންވާ ވާހަކަ އާއި ވައުދު ފުއްދޭނީ މެޖޯރިޓި ލިބިގެން ކަމުގައި ބުނާނަމަ އެ ދެއްކެނީ ޑިމޮކްރެޓިކް އުސޫލަށް ނުފެތޭ ޚުދުމުޚުތާރު ވާހަކައެކެވެ. ރައީސް މުއިއްޒުގެ ފަރާތުން މިހާތަނަށް ފާޅުވަމުން ދަނީ އެ ސިފަ އެވެ.
ބަލަ ތިޔައީ މުއިްޒު އަލަށް ފެށި ކަމެއް ނޫނެއްނު ފާއިތުވި އެމްޑީޕީ ސަރުކާރުންވެސް ދައްކަމުން ދިޔަ ވަހަކަތަކެއް މިއަދު މުއިއްޒުވެސް އެދައްކަނީ މަހިތުން ފޭބި ސަރުކާރުގެ ޚުދު މުޚުތާރުކަން މާބޮޑު ސަރުކާރުގެ ބައިތުލްމަލް ހުސްކުރީ ގާތްމީހުނަށް ފައްޔާޒުކަހަލަމީހުންގެ ކުންފުނިތަކަށް ބަދަލު ދިނުމުގަ ދެން ކޮވިޑް ތެރޭގައި ޔާމީނު ސަރުކާރުން ހަމައެކަނި ލޯނުދެއްކުމަށްޓަކާ ޖަމަކޮށްފައިހުރި ފައިސަވެސް ކޮވިޑްގެ ނަމުގައި ބަހާ ހުސްކުރީ ރިސޯޓްތަކާ ފައިވްސްޓާރ ހޮޓާތަކުގައި އައުވަނުން ބައިތިއްބައިގެން ޓިޕްސްދޭ ގާތްމީހ