ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ތިން އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ދެންމެ ބާތިލްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި އެވެ.
ހައިކޯޓުގައި މި މައްސަލައިގެ ހުކުމް އިއްވި ބެންޗްގައި ތިއްބެވި ފަނޑިޔާރު ހަސަން ޝަފީއު, ފަނޑިޔާރު ޚުޒައިފާ މުހައްމަދު އަދި މުހައްމަދު ސަލީމެވެ.
އެ މައްސަލާގައި ޔޫސުފް ނައީމްގެ ފަރާތުން ވަނީ ހަތަރު އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފަ އެވެ.
މި އަޑުއެހުމުގައި އެންމެ ފުރަތަމަ ޝަރީއަތުން ވަނީ ޔޫސުފް ނައީމަށް ކޮށްފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ ހުކުމް އިއްވާފަ އެވެ. އެ ދައުވާ ސާބިތުވެ، އޭނާ 3 އަހަރާއި، 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޔޫސުފު ނައީމުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގައި ދަށު ކޯޓުގައި އެ މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު ޝަކީލު "ރޯމަރު ގޯސްތައް" ހައްދަވާފައިވާ ކަމަށް ހައިކޯޓުން ކަނޑައަޅައި، އޭނާ އިއްވެވި 3 އަހަރުގެ ޖަލު ހުކުމް ބާތިލުކުރުމާއެކު އަލުން އެ މައްސަލަ ހައިކޯޓުން ބެލުމަށް ވަނީ އަންގައިފަ އެވެ.