މީގެއިތުރުން އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓްލީ މީހުންގެ އަދަދު މީގެ ކުރިން މަޖިލިސް އިންތިހާބުތަކުގައި ވޯޓްލާފައިވާ އަދަދާއި އަޅާބަލާއިރު ވެސް މަދު. އެގޮތުން، 2009 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި 78 ޕަސެންޓް މީހުން ވޯޓުލާފައިވާއިރު، 2014 ވަނަ އަހަރު، 77 ޕަސެންޓް އަދި 2019 ވަނަ އަހަރު 81 ޕަސެންޓް މީހުން ވޯޓުލާފައިވޭ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 75 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން ބުނީ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 284،663 މީހުންނަށް ލިބިފައިވާއިރު، 215،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 75 ޕަސެންޓް ވޯޓުލާފައިވީ ނަމަވެސް، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބާ އަޅާބަލާއިރު ވޯޓްލީ މީހުންގެ އަދަދު މަދެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 85 ޕަސެންޓް ވޯޓުލާފައިވެ އެވެ.

މީގެ އިތުރުން އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓްލީ މީހުންގެ އަދަދު މީގެ ކުރިން މަޖިލިސް އިންތިހާބުތަކުގައި ވޯޓްލާފައިވާ އަދަދާއި އަޅާބަލާއިރު ވެސް މަދެވެ. އެގޮތުން، 2009 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި 78 ޕަސެންޓް މީހުން ވޯޓުލާފައިވާއިރު، 2014 ވަނަ އަހަރު، 77 ޕަސެންޓް އަދި 2019 ވަނަ އަހަރު 81 ޕަސެންޓް މީހުން ވޯޓުލާފައިވެ އެވެ.

އީސީން ބުނީ މި އިންތިޚާބު ކުރިއަށްދިޔައީ ވަރަށް އަމާންކަމާއެކު ކަމަށާއި އިންތިޚާބުގެ ސައްހަކަމުގެ ޔަގީންކަން އިންތިޚާބުގެ ކަންކަން ބަލަމުންދިޔަ ބައިނަލްއަގުވާމީ އޮބްޒާވަރުން ވެސް ދިން ކަމަށެވެ.

އިންތިޚާބު ކުރިއަށްދިޔައިރު 15 ވަރަކަށް ޝަކުވާ ކޮމިޝަނަށް ލިބުނުއިރު ބޮޑު ޝަކުވާއެއް ލިބިފައި ނުވާކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

މަޖިލިސް އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ ލިސްޓުގައި ނަން ނެތުމުގެ ޝަކުވާތަކާއި ކެންޑިޑޭޓުންގެ ކުދި ޝަކުވާތަކެއްކަން އެ ކޮމިޝަނުން ފާހަގަކުރެ އެވެ. އެ ޝަކުވާތަކުގެ ސަބަބުން ނަތީޖާއަށް ބަދަލު އަތުވެދާނެ ފަދަ އެއްވެސް ޝަކުވާއެއް ނެތް ކަމަށް ވެސް އީސީން ބުނެ އެވެ.