ބޮލީވުޑްގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޕްރިތީ ޒިންދާ ވަނީ ގިނަ ބައެއްގެ ހިތްތައް ކަތިލާފަ އެވެ. އަދި ކާމިޔާބު ފިލްމުތަކެއް ކުޅެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބަތަލާއެކެވެ.

އެމެރިކާ މީހަކާ ކައިވެނިކޮށްގެން އެ ގައުމުގައި މިހާރު އާންމުކޮށް ދިރިއުޅެމުން އަންނަ 48 އަހަރުގެ ބަތަލާ ޕްރިތީ މިވަނީ އެނބުރި ބޮލީވުޑް ފިލްމެގެ މަސައްކަތް ފަށަން އުޅޭ ވާހަކަ އިއުލާނުކޮށްފަ އެވެ. ސަނީއާ އެކީ ކުޅޭ ފިލްމަކުން ޕްރިތީ އެނބުރި ބޮލީވުޑަށް އަންނަ އިރު، އޭނަ އެންމެ ފަހުން ކުޅުނު ފިލްމުގެ ބަތަލަކީ ވެސް ސަނީ އެވެ. އެއީ 2018 ގެ "ބެއްޔާޖީ ސުޕަހިޓް" އެވެ.

ބެލުންތެރިންގެ ލޯތްބާއި ސަޕޯޓް ވަރަށް ބޮޑަށް ހޯދި ޕްރިތީގެ ފުރަތަމަ ފިލްމަކީ ސަޕޯޓިން ރޯލެއް ކުޅުނު ޝާހްރުކް ޚާންގެ 1998 ގެ "ދިލް ސޭ…" އެވެ. އޭގެ ފަހުން އޭނަ ކާމިޔާބު އެތައް ފިލްމެއް ކުޅުނެވެ. އޭގެ ތެރޭގައި "ކިޔާ ކެހެނާ"، "ސޯލްޖާ، "ހަރް ދިލް ޖޯ ޕިޔާރު ކަރޭގާ"، "ސަލާމް ނަމަސްތޭ"، "ވީރު-ޒާރާ"، "ކަލް ހޯ ނަ ހޯ"، "މިޝަން ކަޝްމީރު"، "ކޮއި…މިލް ގަޔާ" އަދި "ކަބީ އަލްވިދާ ނާ ކެހެނާ" ހިމެނެ އެވެ.

ޕްރިތީ ފިލްމުގެ ކުޅުމުގެ އިތުރަށް އޭނާ އަކީ ވިޔަފާރިވެރިއެކެވެ. އަދި އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައިވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ.

މީގެ އިތުރުން ޕްރިތީ ވަނޯ ވަރަށް ގިނަ އަދަދެއްގެ ކާރު ގަނެފަ އެވެ. އަދި ޕްރިތީގެ ކާރު ކަލެކްޝަންގައި އަގު ބޮޑެތި ކާރުތައް ހުރެ އެވެ. އޭނާގެ ކަލެކްޝަނަށް ބަލާލަމާ ހިނގާށެވެ.

  • މާސެޑެސް ބެންޒް ޖީއެލްއެސް 350ޑީ – . 97 ލައްކަ ރުޕީސް
  • ރޭންޖް ރޯވަރ ވޯގް – 1 ކްރޯޑް ރުޕީސް
  • ލެކްސަސް އެލްއެކްސް 470 – 35 ލައްކަ ރުޕީސް
  • މިޓްސުބިޝީ ލާންސަރ - 7.4 ލައްކަ ރުޕީސް