ރަންބީރު ކަޕޫރާއި ދީޕިކާ ޕަދުކޯންގެއަކީ އެކުގައި މަސައްކަތް ކުރަން ލޯބިކުރާ މަސައްކަތުގެ މާހައުލުގައި ވެސް ވަރަށް ގުޅޭ ދެ ތަރިން ކަމަށް "ތަމާޝާ"ގެ ޑައިރެކްޓަރު އިމްތިއާޒް އަލީ ބުނެފި އެވެ.
ރަންބީރުއާއި ދީޕިކާގެ ލޯބީގެ ވާހަކައަކީ ގިނަ ބަޔަކަށް އެނގިފައިވާ ވާހަކަ އެކެވެ. އެ ދެތަރިންގެ ގުޅުމަށް މީޑިއާއާއި އާއްމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ.
އެކުގައި ދުވަސްތަކެއް ވަންދެން އުޅުމަށްފަހު އެ ދެތަރިން ވަނީ ވަކިވެފަ އެވެ. އެހެން ނަމަވެސް ވަކިވުމަށްފަހު ވެސް އެ ދެތަރިން ވަނީ އެކުގައި މަސައްކަތް ކޮށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެދީފަ އެވެ.
އެގޮތުން "ތަމާޝާ"ގެ އިިތުރުން "ޔޭ ޖަވާނީ ހޭ ދިވާނީ"އަކީ ވެސް ވަކިވުމަށްފަހު އެ ދެތަރިން ކުޅެފައިވާ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމުތަކެކެވެ.
އިމްތިއާޒް ބުނެފައިވަނީ އެ ދެތަރިންގެ މާޒީއާއެކު ވެސް މަސައްކަތުގެ މާހައުލުގައި އެ ދެމީހުންނަކީ ވަރަށް "ޕްރޮފެޝަނަލް" ދެ ތަރިން ކަމަށެވެ. އެ ދެމީހުންގެ ޖޯޑަށް އާއްމުންގެ ލޯބި ވެސް ލިބިފައިވާކަން އިމްތިއާޒު ފާހަގަކުރި އެވެ.
ވަކިވުމަށްފަހު ރަންބީރުއާއި ދީޕިކާ ވެސް މިހާރު ވަނީ ޒަވާޖީ ހަޔާތެއް ފަށާފަ އެވެ. ރަންބީރު އާލިއާ ބަޓްއާ ކައިވެނިކުރިއިރު ދީޕިކާ ކައިވެނިކުރީ ރަންވީރު ސިންހް އާއެވެ.
ޖަސްޓިންއާއި ކޭޓީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީން ކޮށްދީފި
ވައިބާ ހެކްކޮށް މަކަރާއި ހީލަތުން 150،000ރ. ނެގި މީހަކު ހައްޔަރު
އިސްތަށިގަނޑު މާ ބޮޑަށް ހިރުވަނީ ކީއްވެ؟