ހެއިލީ ބީބާ ބަނޑުބޮޑު ވާހަކަ އަނެއްކާވެސް ދެކެވެން ފަށާފި އެވެ.
މި ފަހަރު މި އަޑު ގަދަވެފައިވަނީ ހެއިލީ އާއި ޖަސްޓިން ބީބާ ޗުއްޓީ ހޭދަކުރުން އެމެރިކާގެ ހަވާއީ އަށް ގޮސް އުޅެނިކޮށް ފޭނުންތަކަށް ފެނުން އިރު ހެއިލީ ލައިފަ ހުރި ހެދުމުންނެވެ. ހަވާއިގެ ރެސްޓޯރެންޓަކަށް ލަންޗަކަށް މި ދެމަފިރިން ދިޔައިރު ހެއިލީ ލައިގެން ހުރީ ވަރަށް ދޫކޮށް ހުރި ހުދުކުލައިގެ ހެދުމެކެވެ.
މި ދެމަފިރިން އެތަނުގައި ކާން ތިބި އިރު ބައެއް ޓިކްޓޮކް ޔޫޒާސް ވަނީ ވީޑިއޯކޮށް އެ ދެމަފިރިންނާ ވާހަކަ ވެސް ދައްކާފަ އެވެ. އަދި އެ ދުވަހުގެ ވީޑިއޯތައް ދަނީ ޓިކްޓޮކްގައި ދައުރުވަމުންނެވެ. އަދި މި ވީޑިއޯތަކުގައި ހެއިލީ ބަނޑުބޮޑު ކަމަށް ދަނީ ގިނަ ބަޔަކު ކޮމެންޓްކުރަމުންނެވެ. އެ ދުވަހު ހެއިލީ ހިނގާފައި ދާ ގޮތުން ވެސް އޭނާ ބަނޑުބޮޑުކަން ޔަޤީން ކަމަށް ބުނަމުން ދެ އެވެ.
މި އަހަރުގެ މެޓް ގާލާގައި މި ދެމަފިރިން ނުފެންނާނެ ކަމަށް ވަނީ ބުނެފަ އެވެ. މިއީ ހެއިލީ ބަނޑުބޮޑު ވީމަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ހެއިލީ ބިބާ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ކައިވެނި ކޮށްފައިވަނީ ސެޕްޓެމްބަރު 2018 ގަ އެވެ. ހެއިލީ އަކީ ރޯޑް ސްކިން ކެއަ ބްރޭންޑްގެ ފައުންޑަރެވެ.
ހޮލީވުޑް ތަރިންނަކީ ބައެއް ފަހަރު މާބަނޑުދުވަސްވަރު އެކަން ސިއްރުކުރަން ބޭނުންވާ ބަޔެކެވެ. ބައެއް ތަރިން މުޅި ޕްރެގްނެންސީ ސިއްރުކުރެ އެވެ. އަދި ބައެއް މީހުން ރަސްމީކޮށް އިއުލާންކުރަނީ ފުރަތަމަ ޓްރައިމިސްޓަރު ނިމުމުންނެވެ.