ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރުން ދަވަންގެ ރުޅިގަނޑު އިންޑިއާގެ ބައެއް މީޑިއާތަކަށް އަމާޒުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ އެވެ.
އެ ވީޑިއޯގައި ފެންނަނީ ސެކިއުރިޓީއާއެކު ވަރުން ކާރަކުން ފައިބައިގެން ކްލިނިކަކަށް ވަތްއިރުވެސް ފަހަތުން މީޑިއާގެ އޮފިޝަލެއް ކެމެރާ ހިފައިގެން އައި ތަނެވެ.
ވަކި ހިސާބަކުން ފަހަތަށް އެނބުރި ވަރުން ވަނީ އެ ކެމެރާމަން ކައިރީގައި އޭނާއާއެކު އެތެރެއަށް ވަންނާނަންތޯ ރުޅިވެރިކަމާއެކު އަހާފަ އެވެ. ޖަވާބުގައި އެ ކެމެރާމަން ނޫނެކޭ ބުނެ އެވެ.
މިކަހަލަ ކަމެއް ދާދި ފަހުން ޖޫނިއާ އެންޓީއާރްއަށް ވެސް ވަނީ ދިމާވެފަ އެވެ. އޭނާގެ ފަހަތުން އައި ކެމެރާމަން ވަނީ އޭނާއާއެކު ހޮޓަލަށްވެސް ވަދެފަ އެވެ.
ވަރުންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ އަވަހަށް ފެންނާނީ އެމޭޒަން ޕްރައިމް ވީޑިއގެ "ސިޓަޑޭލް- ހަނީ ބަނީ" އިންނެވެ.
އެމެރިކާގެ ޖާސޫސީ މަރުކަޒް އަލް ދަފްރާއަށް އީރާނުން ހަމަލާދީފި
ހަންގަނޑު ހިކެނީ އޭސީގެ ސަބަބުން ކަމަށް ވެދާނެ!
ޖޯންސަންގެ ޕައުޑަރު މައްސަލާގައި 5.5 ބިލިއަން ޑޮލަރު ދައްކަނީ