ބްރިޖާޓަންގެ ތިން ވަނަ ސީޒަން މި މަހު 16 ގައި ނެރޭނެ އެވެ.

ޝޮންޑާ ރައިމްސްގެ ޕްރޮޑިއުސްކޮށްފައިވާ ނެޓްފްލިކްގެ މި ސީރީސްގެ ފުރަތަމަ ޕާޓް ނެޓްފްލިކްސްގައި ސްޓްރީމް ކުރެވޭނީ 16 މެއި ގަ އެވެ. އަދި ޕާޓް 2 ނެރޭނީ ޖޫން 13 ގަ އެވެ. ސީޒަން 3 ގައި ޖުމްލަ އަށް އެޕިސޯޑް ހިމެނޭ ކަމަށް ނެޓްފްލިކްސް އިން ވަނީ އިއުލާން ކޮށްފަ އެވެ.

ބްރިޖާޓަން ތިން ވަނަ ސީޒަންގައި ދައްކާނީ ކޮލިން ބްރިޖާޓަން އަދި ޕެނެލޮޕީ ފެދަރިންގްޓަން ގެ ލޯބީގެ ވާހަކަ އެކެވެ. ބްރިޖާޓަން އަކީ 1800 އަހަރުތަކުގެ އިނގިރޭސިވިލާތުގެ ރީޖަންސީ އީރާއަށް ސެޓް ކޮށްފައިވާ ހިސްޓޮރިކަލް ފެންޓަސީ ސީރީސްއެކެވެ. މިއީ ޖޫލިއާ ކުއިން ލިޔެފައިވާ ނުވަ ފޮތަކަށް ބިނާކޮށް އުފައްދާފައިވާ ސީރީޒްއެކެވެ.

ބްރިޖަރޓަންގެ ފުރަތަމަ އަދި ދެވަނަ ސީޒަންއަށް ބެލުންތެރިންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އަދި މި ސީރީސްއާ ގުޅުވައިގެން ނެޓްފްލިކްސް އިން ނެރުނު ޚާއްސަ ސީރީސް "ކުއީން ޗާލޮޓް" އަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ބްރީޖާޓަންގެ ތިން ވަނަ ސީޒަނުގައި ކުރީ ސިޒަންގައި ފެނުނު ގިނަ ތަރިން ވެސް ފެންނާނެކަމަށް ނެޓްފްލިކްސް އިން ވަނީ ބުނެފަ އެވެ. ނަމަވެސް ސީޒަން 1 އިން ފެނުނު ޑެފްނީ ބްރިޖާޓަން ނުފެންނާނެ ކަމަށް އެ ރޯލް ކުޅުނު ފީބީ ޑެންވޯ ވަނީ ބުނެފަ އެވެ.