ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކައިފް ބަނޑުބޮޑުކަމުގެ އަޑުތައް ގަދަވެއްޖެ އެވެ. މި ކަން އާންމުންގެ ސަމާލުކަމަށް އައިސްފައި ވަނީ ކެޓްރީނާ އޭނާގެ ފިރިމީހާ ވިކީ ކޯޝަލްއާއެކު ލަންޑަންގެ މަގުމަތީގައި ހިނގާފައިދިޔަ ވީޑިއޯ އެއް ވައިރަލްވެގެންނެވެ.

މި ވީޑިއޯގައި ކެޓްރީނާ ހުންނަނީ ވަރަށް ދޫކޮށް ހުރި ބޮޑު ޖެކެޓެއް ލައިގެންނެވެ. އަދި އޭނާ ހިނގާފައި ދާގޮތުން ބަނޑުބޮޑު ކަމަށް ވަރަށް ބެލެވެއެވެ.

ކެޓްރީނާ އެންމެ ފަހުން ކުޅުނު ފިލްމް "މެރީ ކްރިސްމަސް" އަށް ފަހު އިތުރު އެއްވެސް ޕްރޮޖެކްޓެއްގައި މަސައްކަތެއް ނުކުރެ އެވެ. އެއީ އޭނާ ބަނޑުބޮޑުވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އުމުރުން 40 އަހަރުގެ ކެޓްރީނާ އާއި އޭނާގެ ފިރިމީހާ ވިކީ ކައިވެނިކޮށްފައި ވަނީ 2021 ގައި އިންޑިއާގެ ރާޖަސްތާން ގަ އެވެ. މި ދެމަފިރިންގެ ކައިވެނި ވެގެންދިޔައީ އެ އަހަރުގެ އެންމެ ވަރުގަދަ އެއް އިވެންޓަށެވެ.

ކެޓްރީނާ ބަނޑުބޮޑުކަން މި ދެމަފިރިން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ކެޓްރީނާ ވިހަން ގަސްތުކުރަނީ ލަންޑަނުގަ އެވެ.