ދިވެހި ލޭންގްއޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީ ސަސްޕެންޑުކޮށްފި އެވެ.
އެނގިފައިވާގޮތުގައި ވަޖުދީ ސަސްޕެންޑުކުރީ އޭނައާ ގުޅޭގޮތުން ބަލަމުން އަންނަ ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ. ވަޖުދީއަކީ ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިކަމުގެ ދާއިރާގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
މީގެއިތުރުން ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒް ވެސް ވަނީ މުއްދަތެއް ނެތްގޮތަށް ސަސްޕެންޑުކޮށްފަ އެވެ.
މީގެ އެތައް މަހެއް ކުރިން ސަސްޕެންޑުކުރި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް އަދިވެސް ތިބީ ސަސްޕެންޝަނުގަ އެވެ. ސަސްޕެންޝަނުގައި ތިއްބަސް އެ ބޭފުޅުންނަށް ބަރާބަރަށް މުސާރަ ލިބެ އެވެ.
ޝިއުނާ އާއި މަލްޝާ ސަސްޕެންޑުކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކުރި މައްސަލައެއްގަ އެވެ.
ވަކިވި އެކުވެރިޔާއަށް ޕޯޗުގލް ޓީމުގެ ހާއްސަ ޓްރިބިއުޓެއް!
އެންމެ ކާމިޔާބު މިއުޒިކަލް ބައޮޕިކްގެ ޝަރަފު "މައިކަލް"އަށް!
ދިރާގުން 'ޕިޗް ފޯ ޕާޕަސް' ޕްލެޓްފޯމް ތައާރަފުކޮށްފި
