އިންޑިއާގެ އިތުރުން ދުނިޔޭގެ އެތައް ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެ ޤައުމުގެ ސުޕްސްޓާ ރަޖިނީކާންތަށް ޔޫއޭއީގެ ގޯލްޑަން ވިސާ ލިބިއްޖެ އެވެ.
އިންޑިއާގެ ދެކުނު ސިނަމާގެ ރަސްގެފާނު ރަޖިނީކާންތަށް ޔުނައިޓެޑް އަރިބް އެމިރޭޓްސް (ޔޫއޭއީ)ގެ 10 އަހަރުގެ ގޯލްޑަން ވިޝާ ވަނީ ލިބިފަ އެވެ. މީގެ ކުރިން ވެސް އިންޑިއާގެ މަޝްހޫރު ފަންނާނުންނަށް މި ވިސާ ލިބިފައިވެ އެވެ.
އުމުރުން 73 އަހަރުގެ އެކްޓަރަށް ވިސާ ހަވާލުކޮށްދެއްވީ މިމަހުގެ 23 ވަނަ ދުވަހު އަބޫދާބީގައި ހުންނަ ޑީސީޓީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ރަޖިނީކާންތަށް ވިސާ ހަވާލުކޮށްދެއްވީ އަބޫދާބީގެ އެގްޒެކެޓިވް ކައުންސިލްގެ މެމްބަރު އަދި އަބޫދާބީ ސަރުކާރުގެ ޑީސީޓީގެ ޗެއާމަން މުހައްމަދު ޚަލީފާ އަލް މުބާރަކް އެވެ.
އެ ވީޑިއޯގައި ރަޖިނީކާންތު ބުނެފައިވަނީ އަބޫދާބީ ސަރުކާރުގެ ފަރާތުން ޔޫއޭއީ ގޯލްޑަންގެ ޝަރަފުވެރި ވިސާ ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ޔޫއޭއީގެ ގޯލްޑަން ވިސާ ލިބިފައިވާ އިންޑިއާގެ މަޝްހޫރު ތަރިންނަކީ.
- ޝާހްރުކް ޚާން
- ވަރުން ދަވަން
- ރަންވީރު ސިންގް
- ޖޯނީ ލީވާ
- އަލީ ޒަފަރު
- ސަންޖޭ ދަތު
- ސުނިލް ޝެޓީ
- ސޯނޫ ނިގަމް
- ސޯނޫ ސޫދު
- ބޮނީ ކަޕޫރު
- ޖޯން އަބްރަހަމް
- ތޫޝާރު ކަޕޫރު
- ރިތޭޝް ދޭޝްމުކް
- ޖެނެލިއާ ދޭޝްމުކް
- ބޫޝަން ކުމާރު
- ދިވްޔާ ކުމާރު
- ޖާވިދު އަޚްތަރު
- ޝަބާނާ އަޒްމީ
- އަމަލާ ޕައުލު
- ސާނިޔާ މިރްޒާ
- ސަލްމާން ހާން
- އައްލޫ އަރްޖުން
- އުރުވާޝީ ރައުޓެލާ
ޔޫއޭއީ ސަރުކާރުން 2019 ވަނަ އަހަރު އުފެއްދި ގޯލްޑަން ވިސާއަކީ ގައުމީ ސްޕޮންސަރެއްގެ ބޭނުން ނުޖެހި، ޔޫއޭއީގެ ބިމުގައި ވިޔަފާރީގެ 100 ޕަސެންޓް މިލްކުވެރިކަން ލިބިގެން ބިދޭސީންނަށް ޔޫއޭއީގައި ދިރިއުޅެ، މަސައްކަތްކޮށް، ކިޔެވުމުގެ ފުރުސަތު ލިބޭ ވިސާއެކެވެ.
މި ވިސާތަކަކީ 5 ނުވަތަ 10 އަހަރަށް ދޫކުރާ ވިސާތަކެއް ކަމަށާއި، މި ވިސާތައް އޮޓޮމެޓިކުން އާކުރެވޭނެ އެވެ.