1. ކީއްވެ ޔޫސާ ނޭމްގަ "ނިޒާމީ ނުކުތާ" މިހެން އިންނަނީ؟
ޖަވާބު: ނިޒާމީ ނުކުތާ ނަމަކީ ފުރަތަމަ މަޖަލަށް ޖެހި ނަމެއް. އަޅުގަނޑުގެ ބައްޕަގެ ނަމަކީ ނިޒާމް. ނިޒާމްގެ ނުކުތާގެ ނަމުގައި އަޅުގަނޑު ހެދި ޔޫސާނޭމެއް އެ ނަމަކީ.
2. އެމްއެންސީސީގައި އަދިވެސް ވޯކް ކުރަންތަ؟
ޖަވާބު: އެމްއެންސީސީ. މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯޕްސް އަކީ އަޅުގަނޑުގެ ވޮލެއިންޓިއާ މަސައްކަތް. މިހާރު އެމްއެންސީސީގައި އިންސްޓްރަކްޓަރ އެއްގެ ގޮތުގައި މަސައްކަތްކުރާތާ 5 އަހަރު ވެއްޖެ.
3. ލައިފްގަ ކުރި އެންމެ އެގްޒައިޓިން އެކްސްޕީރިއަންސް އަކީ ކޮބާ؟
ޖަވާބު: އަޅުގަނޑުގެ ލައިފްގައި ކުރެވިފަ ހުރި ހުރިހާ އެކްސްޕީރިއަންސްތައް ވެސް ވަރަށް އެގްޒައިޓިން. އެންމެ އެގްޒައިޓިން ކަމަށް ފާހަގަ ކޮށްލެވޭ ކެޑޭޓް ހަޔާތުގައި ކުރެވިފައި ހުރި ޓްރެއިނިން އަދި އިންޓަނޭޝަނަލް ކޭމްޕްތައް.
4. ކޮމެޑީ ޓިކްޓޮކްތަ ނޫނީ ޓްރާންސިޝަން ޓިކްޓޮކްތަ ބޮޑަށް ހަދާ ހިތްވަނީ؟
ޖަވާބު: އެންމެ ހަދާ ހިތްވަނީ ބޮޑަަށް ޓްރާންސިޝަން ޓިކްޓޮކްސް. އެއީ އޭގެން އަޅުގަނޑުގެ ކްރިއޭޓިވިޓީ ވޯކް ކުރަން ލިބޭތީ. އެކްސްޕްލޯރިންގް މައި ކްރިއޭޓިވިޓީ އިޒް ވެރީ ފަން ފޯ މީ.
5. އިންސްޓަގްރާމް ކޮންޓެންޓް ވަރަށް ރީތި. އަމިއްލައަށްތަ ފޮޓޯ ނަގަނީ؟
ޖަވާބު: ފޮޓޯގްރަފީ އަކީ އަޅުގަނޑު ވަރަށް ފަހުން އެކްސްޕްލޯ ކުރަންފެށި ހޮބީ އެއް. އިންސްޓަގްރާމް ފީޑް އިން ފެންނަ ގިނަ ފޮޓޯ ތަކަކީ އަޅުގަނޑުގެ ފިރިމީހާ އަދި ރައްޓެހިން ނަގާދޭ ފޮޓޯ.
6. މިހާތަނަށް ހެދި ބްރޭންޑް ޑީލްތަކުން ފޭވަރިޓް އަކީ ކޮބާ؟
ޖަވާބު: އަޅުގަނޑު ކޮލާބޮރޭޓް ކޮށް މަސައްކަތްކޮށްފައިވާ ހުރިހާ ބްރޭންޑްތަކަކީ ވެސް ވަރަށް ފަންކޮށް ޝައުގުވެރިކަމާއެކު ކޮށްފައި ހުރި މަސައްކަތް. ވަކި ފޭވަރިޓް ބްރޭންޑެއް ބުނާކަށް ނޭނގެ. ހުރިހާ ބްރޭންޑްތަކާ އެކީ މަސައްކަތް ކުރިއިރު ވެސް ވަރަށް ފަން.
7. އިލަސްޓްރޭޝަންސް/ ޑިޒައިން ޕޭޖެއް ވެސް ގެންގުޅެންދޯ. އެއީ ވިޔަފާރިއެއްތަ؟
ޖަވާބު: ޑިޖިޓަލް ކުރެހުމަކީ ވެސް އަޅުގަނޑު އެކްޕްލޯ ކުރާ ހޮބީއެއް. އެއީ އަޅުގަނޑު ހުސް ވަގުތުގައި ކުރާ ކަމެއް.
8. ކްލޯތިން ބްރޭންޑަކީ އަމިއްލައަށް ފަހައިގެން ވިއްކާ ހެދުންތަ؟
ޖަވާބު: ލައްބަ. ފެހުމަކީ ވެސް އަޅުގަނޑުގެ ހޮބީއެއް. އަމިއްލައަށް ހެދުންތައް ފެހުމުގެ އިތުރުން އޯޑަރަށް ހެދުން ފެހުމަކީވެސް އަޅުގަނޑު ކުރާ ހިތްވާކަމެއް. ނަމަވެސް މި ވަގުތަށް އަޅުގަނޑު އެ ހޮބީ މަޑުޖައްސާލައިފިން.
9. ކުރިއަށް ދާން ބޭނުމީ ކޮންޓެންޓް ކްރިއޭޓާ އެއްގޮތަށްތަ؟
ޖަވާބު: ކުރިއަށް ދާން ބޭނުމީ ކޮންޓެންޓް ކްރިއޭޓާއެއްގޮތަށް. ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ އިޒް ސަމްތިންގް އައި ރީސެންޓްލީ ސްޓާޓެޑް އޭޒް އަ ހޮބީ. އެންޑް އައި ރިއަލީ އެންޖޯއީ އިޓް. އެގޮތުން ތަފާތު ބްރޭންޑްތަކަށް އެމީހުންގެ ޕޭޖުތަކަށާއި ވެބްސައިޓްތަކަށް ޕްރޮޑަކްޓް ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ވެސް ހަދާދެން. އޭގެ އިތުރުން އަޅުގަނޑުގެ އަމިއްލަ ބްލޮގްތަކަށް ވެސް ކޮންޓެންޓް ހެދުމަކީ އަޅުގަނޑު ވަރަށް އެންޖޯއީ ކުރާ ކަމެއް.
10. ލޯކަލް ބްރޭންޑްސް ތެރެއިން އެންމެ ފޭވަރިޓް ބްރޭޑަކީ ކޮބާ؟
ވަކި ފޭވަރިޓް ބްރޭންޑެއް ނުހުރޭ. އައި ސަޕޯޓް އޯލް ލޯކަލް ބްރޭންޑްސް އެންޑް އައި ލަވް ވޯކިންގް ވިތް ލޯކަލް ބްރޭންޑްސް.. ލޯކަލް ބްރޭންޑަކަށް އެހީއެއް ވެދިނުމަކީ ވަރަށް އުފާވާ ކަމެއް.