އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
ރާއްޖޭގެ އުތުރުގެ ރަށެއްގައި 13 އަހަރު ކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްފަހު ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ ނ. މިލަދޫ / މީޒާން، އަހްމަދު ވިއާމް (27އ) އެވެ.
ފުލުހުން ބުނީ ވިއާމްގެ ބަންދަށް 30 ދުވަސް ޖަހާފައިވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.
ވިއާމް ފިލުމަށް އެހީތެރިވި 29 އަހަރުގެ ދިވެހި ފިރިހެނަކުވެސް ފުލުހުން އިއްޔެ ހައްޔަރުކުރި އެވެ. އެ މީހާގެ ބަންދަށް ކޯޓުން ވަނީ 12 ދުވަސް ދީފަ އެވެ.
ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލައިފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!