ކޮންމެ ދިރާސީ އާ އަހަރަކީ ވެސް ދަރިފުޅަށް ކާމިޔާބު އަހަރަކަށް ވާން ހުރިހާ ބެލެނެވެރިން ވެސް އެދޭނެ އެވެ. ދިރާސީ އާ އަހަރަކީ ކާމިޔާބު އަހަރަށް ހެދުމަށްޓަކައި ބެލެނެވެރިންގެ ސަޕޯޓަކީ ދަރިފުޅަށް ނުހަނު މުހިއްމު އެއްޗެކެވެ. ތިރީގައި މިވަނީ ދަރިފުޅުގެ ކިޔެވުމަށާއި ދުޅަހެޔޮކަން ދަމަހައްޓާ ކާމިޔާބު ދިރާސީ އަހަރަކަށް ހެދުމަށް ބެލެނެވެރިންނަށް ކުރެވިދާނެ ކަންކަމެވެ.
1. ކުދިންގެ ޓީޗަރުންނާއި ރަނގަޅު ގުޅުމެއް ބޭއްވުން
ކުދިންގެ ޓީޗަރުންނާއި ރަނގަޅު ގުޅުމުއް ބާއްވާ, ގަވައިދުން އަޕްޑޭޓް ހޯދުމަކީ ދަރިފުޅުގެ ކުރިއެރުން އަންނަ މިންވަރު ރަނގަޅަށް ބެލެހެއްޓޭނެ އެއްގޮތެވެ. ޓީޗަރުންނާއި ގަވައިދުން ސުވާލުކޮށް, ސްކޫލުގެ ޕާފޯމެންސް ހުންނަ މިންވަރު ހޯދާށެވެ.
2. ކުދިންނާއި އެންމެ ގާތް ކްލާސްކުދިންނަކީ ކޮން ކުދިންނެއްކަން ދެނެގަތުން
ދަރިފުޅުގެ ކްލާސްކުދިންނަކީ ކޮންމެ ދުވަހަކުވެސް ދަރިފުޅާއި އެކު ގިނަ ވަގުތު ހޭދަކުރާ ކުދިންނެވެ. އެހެންކަމުން މި ކުދިންނާއި ދަރިފުޅުގެ ގުޅުން ގާތުން ބަލާ މޮނިޓާ ކުރަންވާނެ އެވެ.
3. ޕޭރަންޓް- ޓީޗާ މީޓިންތަކުގައި ބައިވެރިވުން
މި ފަދަ މުހިއްމު ބައްދަލުވުންތަކުގައި ބައިވެރިވެ ގާތުން ސްކޫލުގެ ކަންކަން ބެލުމަކީ މުހިއްމުކަމެވެ
4. ދަރިފުޅަށް އިތުރު އެހީ ބޭނުންވާނަމަ އެކަން ފޯރުކޮށްދިނުން
ބައެއް މާއްދާތައް ދަރިފުޅަށް އުނދަގޫނަމަ އިތުރު ޓިއުޝަން ފޯރުކޮށްދިނުމަކީ ކާމިޔާބު ދިރާސީ އަހަރަކަށް ހެދުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ.
5. ހޯމްވޯކް ހެދުމާއި ޓެސްޓުތަކަށް ތައްޔާރުވުމަށް އެހީތެރިވުން
ދަރިފުޅުގެ ސްކޫލް މަސައްކަތް ބަރާބަރަށް ނިންމާ ޓެސްޓުތަކަށް ތައްޔާރުވުމަށް އެހީތެރިވާށެވެ.
6. ދަރިފުޅު ކިޔަވަން އިނުމަށް ރަނގަޅު މާހައުލެއް ހެދުން
ދަރިފުޅު ކިޔަވަން އިށީންނަ މާހައުލަކީ ކިޔެވުމަށް ޝައުގުވެރިވާ ރަނގަޅު މާހައުލަކަށް ހަދާދޭށެވެ. މިސާލަކަށް ފަސޭހަ ސްޓަޑީ މޭޒަކާއި ގޮނޑިއެއް ހޯދައިދޭށެވެ.
7. ދަރިފުޅަށް ޝެޑިއުލްއެއް ހަދައިދިނުން
ކިޔެވުމަށް އެކަށޭނެ ވަގުތު ކަނޑައަޅާ, އިތުރު އެކްޓިވިޓީސް ތަކަށް ދާ ވަގުތު އިނގޭނެހެން ޝެޑިއުލްއެއް ހަދާށެވެ. ދަރިފުޅުގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ވިސްނާ މި ޝެޑިއުލްގައި އެކަށޭނެ ބްރޭކް ގަޑި ބަހައްޓަންވާނެ އެވެ.