ބޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑު އާލިޔާ ބަޓް އާއި ރަންބީރު ކަޕޫރު މަޝްހޫރުވެފައި ވަނީ ހަމައެކަނި އެމީހުން ކުޅޭ ފިލްމުތަކުގެ ސަބަބަކުން ނޫނެވެ. ރަންބީރާއި އާލިއާގެ ފިލްމުތަކުގެ އިތުރަށް އެމީހުން ލަގްޒަރީ ދިރިއުޅުމަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދެ އެވެ.

އެގޮތުން އެމީހުންގެ އަގު ބޮޑު ބަންގަލޯ އާއި އެމީހުންގެ ދަރިފުޅުގެ ވާހަކަ ވެސް މީޑިއާގެ ސުރުހީތަކަށް ވަނީ އަރާފަ އެވެ. މިފަހަރު މިބަލައިލަނީ ރަންބީރު އާއި އާލިއާގެ އަގު ބޮޑު ކާރު ކަލެކްޝަންގައި ހުރި ކާރުތަކަށެވެ. އެގޮތުން އެކާރު ކަލެކްޝަންގައި އެގާރަ ކާރެއް ހިމެނެ އެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯގައި ފެނިގެންދަނީ ރަންބީރު އާއި އާލިއާގެ ކާރު ކަލެކްޝަނަށް އެންމެ ފަހު އިތުރުވި ކާރެވެ. އެގޮތުން މިފަހަރު އެމީހުން ގަނެފައި ވަނީ ލެކްސަސް އެލްއެމް ބްރޭންޑްގެ ކާރެކެވެ. އެއީ 2.50 ކްރޯޑް ރުޕީސްގެ އަގު ހުރި ކާރެކެވެ.

https://www.instagram.com/reel/C7wEN-7oPf3/?utm_source=ig_embed&ig_rid=4e63900d-23a4-444a-b74c-711e81c3e197

ރަންބީރު އާއި އާލިއާގެ ކާރު ކަލެކްޝަން ހުރި ކާރުތައް:

  • ލެކްސަސް އެލްއެމް – މި ކާރުގެ އަގަކީ 2.50 ކްރޯޑް ރުޕީސް
  • ބެންޓްލީ ކޮންޓިނެންޓަލް ޖީޓީ ވީ8 – މި ކާރުގެ އަގަކީ 6 ކްރޯޑް ރުޕީސް
  • ލޭންޑް ރޯވާ ރޭންޖް ރޯވާ އޮޓޯބަޔޮގްރަފީ – މި ކާރުގެ އަގަކީ 4 ކްރީޑް ރުޕީސް
  • އައުޑީ އޭ8 އެލް – މިކާރުގެ އަގަކީ 1.71 ކްރޯޑް ރުޕީސް
  • މާސެޑީސް- އޭއެމްޖީ ޖީ 63 – މިކާރުގެ އަގަކީ 2.28 ކްރޯޑް ރުޕީސް
  • އައުޑީ އާރް8 – މިކާރުގެ އަގަކީ 2.72 ކްރޯޑް ރުޕީސް
  • ލޭންޑް ރޯވާ – ރޭންޖް ރޯވާ ވޯގް – މިކާރުގެ އަގަކީ 2.8 ކްރޯޑް ރުޕީސް
  • އައުޑީ އޭ6 – މިކާރުގެ އަގަކީ 70 ލައްކަ ރުޕީސް
  • ބީއެމްޑަބްލިއު 7- ސީރީޒް – މިކާރުގެ އަގަކީ 1.8 ކްރޯޑް ރުޕީސް
  • އައުޑީ ކިއު5 – މިކާރުގެ އަގަކީ 79 ލައްކަ ރުޕީސް
  • އައުޑީ ކިއު7 – މިކާރުގެ އަގަކީ 94 ލައްކަ ރުޕީސް

ކާރު ކަލެކްޝަންގެ އިތުރުން ރަންބީރް އާއި އާލިއާ މިހާރު ވެސް ހަތަރު ފްލެޓް މުމްބާއީގައި ހުރެ އެވެ. އެ ތަންތަނުގެ އަގަކީ 60 ކްރޯޑް ރުޕީސް ނުވަތަ 7.2 މިލިއަން ޑޮލަރެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ކައިވެނިކުރި ރަންބީރާއި އާލިއާއަށް ރަހާ ލިބިފައި ވަނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން ރަހާ ވެފައިވަނީ މީޑިއާގެ ވަރަށް "ފޭވަރިޓް" ކުއްޖަކަށެވެ.

ރަންބީރު އާއި އާލިއާ އަންނަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލިގެ ކުރިޔަށް އޮތް ފިލްމުގެ މަސައްކަތް ކުރަން ތައްޔާރުވަމުންނެވެ.