ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ފިލްމު "މިސްޓަ އެންޑް މިސިސް މާހީ"އަށް ލިބެމުން އަންނަ ބޮޑު ކާމިޔާބީއަށްޓަކައި ޖާންވީ ކަޕޫރު ބެލުންތެރިންނަށް ޝުކުރު އަދާކޮށްފި އެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ބެލުންތެރިންނަށް ޝުކުރު އަދާކުރަމުން ޖާންވީ ބުނެފައިވަނީ އާއްމުންގެ ފަރާތުން ލިބޭ ލޯތްބަކީ އެ ދާއިރާގައި އިތުރަށް ކުރިއަށް ދާން އޭނާއަށް ލިބޭ ހިތްވަރެއް ކަމަށެވެ.
ޝަރަން ޝަރުމާ ޑައިރެކްޓްކޮށް މެއި މަހުގެ 31 ވަނަ ދުވަހު ރިލީޒްކުރި އެ ފިލްމުގައި ޖާންވީގެ އިތުރުން ދެން ފެނިގެންދަނީ ރާޖްކުމާރު ރާއޯ އެވެ.
އެ ފިލްމުގައި ފެނިގެންދަނީ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ޖާންވީގެ ކިބައިގައި ކްރިކެޓް ކުޅުމުގެ ހުނަރު ހުރިކަން ފާހަގަވުމުން އޭނާގެ ފިރިމީހާ އެކަން ކުރިއަރުވަން ކޮށްދޭ މަސައްކަތްތަކެެވެ.
ފާއިތުވި ފަސް ދުވަހުގެ ތެރޭގައި "މިސްޓަ އެންޑް މިސިސް މާހީ"އަށް 21.60 ކްރޯޑް ރުޕީސް ވަނީ ލިބިފަ އެވެ. ސިނަމާތަކުގައި އެ ފިލްމުގެ ޝޯތައް ވަނީ 10 ޕަސެންޓް ފުރިފަ އެވެ.
ޖާންވީގެ ކުރިއަށް ހުރި މަސައްކަތް ތަކުގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރުންނާއެކު ކުޅޭ ބައެއް ފިލްމުތައް އެބަހުރިކަން ފާހަގަ ކުރެވެ އެވެ.
ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރާ މައްސަލަ މަޖިލީހަށް
"ދުރަންދަރް 2"،"ޕުޝްޕާ"އާއި "ބަހޫބާލީ" ވެސް ފަހަތަށް ޖައްސާލައިފި
ރައީސްގެ ވައުދަކަށް ވީތީ އުފެއްދި ސިޓީސް މިނިސްޓްރީ އުވާލައިފި