ފްރެންޑްސްއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި މިހާތަނަށް އުފައްދާފައިވާ އެންމެ ކާމިޔާބު އެއް ކޮމެޑީ ސީރީޒް އެވެ.
އެ ސީރީޒް 10 ސީޒަންއަށް ކުރިއަށް ދިޔައިރު ސީރީޒްގެ އެންމެ ފަހު ދުވަސްތައް ވެގެން ދިޔައީ ބެލުންތެރިންގެ އިތުރުން އޭގެ ތަރިންނަށް ވެސް އުނދަގޫ ދުވަސްތަކަކަށެވެ.
އެހެން ކަމުން ޝޯގެ ޝޫޓިންގެ މަސައްކަތް ކުރިއަށް ދިޔަ އެންމެ ފަހު ދުވަސްތަކުގައި ތަރިންގެ އާއިލާތަކުން އެމީހުންނަށް ސަޕޯޓު ކުރުމަށްޓަކައި ސްޓޫޑިއޯއަށް ދިޔަ އެވެ.
އެހެން ނަމަވެސް އެ މީހުންގެ ތެރެއިން ވެސް ނުފެނުނު އެކަކަކީ ސީރީޒްގެ ލީޑު އެކްޓަރެއް ކަމަށްވާ ޖެނިފާ އެނިސްޓަންގެ އޭރުގެ ފިރިމީހާ ބްރެޑް ޕިޓް އެވެ.
ހަބަރުތައް ބުނާ ގޮތުގައި އާއްމުންނެކޭ އެއްފަދައިން ބްރެޑްއަކީ ވެސް ޝޯގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އެހެން ކަމުން ޝޫޓިންއަށް ގޮސް އެންމެ ފަހު އެޕިސޯޑުތަކުގައި ވާ ގޮތް އެނގެން އޭނާ ބޭނުންނުވީ އެވެ.
މީގެ އިތުރުން ވެސް ބްރެޑް ވަނީ އެ ދުވަސްވަރު ޝޯގެ އެއްވެސް ކަމެއް އޭނާއަށް ކިޔައިނުދިނުމަށް ޖެނިފާ ކައިރީގައި ބުނެފައި ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ބްރެޑް ޕިޓް ވަނީ ފްރެންޑްސްގެ ސީޒަން 8ގެ އެޕިސޯޑެއްގައި ގެސްޓް ތަރިއެއްގެ ގޮތުގައި ފެނިގެން ގޮސްފަ އެވެ.