ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޗައިނާއަށް ފުރާވަޑައިގެންފި އެވެ.އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިނިސްޓަރު ސައީދު ޗައިނާއަށް ފުރާވަޑައިގެންނެވީ ޗައިނާގެ ޑާލިއަންގައި އޮންނަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

އެ ދަތުރުފުޅުގައި ޗައިނާގެ ކޮމާސް މިނިސްޓަރާއި އެހެނިހެން ސީނިއާ އޮފިޝަލުންނާއި ބައްދަލުކުރައްވާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ވިޔަފާރިއާއި ފައިނޭންޝިއަލް ސެކްޓާއާއާ ގުޅޭ ކަންކަމުގައި މަޝްވަރާތައް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

މި ފޯރަމް ކުރިއަށްގެންދާނީ ޖޫން 25-27 ގެ ނިޔަލަށެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމް އަކީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގެ އިގްތިސާދުވެރިންނަށް ހާއްސަކޮށް ސްވިޒަލޭންޑްގައި ހިންގާ ނޮން-ޕްރޮފިޓް ޖަމިއްޔާއެކެވެ.

ޗައިނާއަށް މިނިސްޓަރު ފުރާވަޑައިގެންނެވި އިރު ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ އެމެރިކާއަށް ފުރާވަޑައިގެންފަ އެވެ.