ސަންޖޭ ލީލާ ބަންސާލީއާއެކު މަސައްކަތް ކުރުމަކީ ބޮލީވިޑްގެ ގިނަ ތަރިންގެ ހުވަފެނެކެވެ.

ސަންޖޭގެ އެންމެ ފަހުގެ ފިލްމު "ގަންގޫބާއީ ކަތިއާވަޑީ"ގެ ޓީސާއެއް ރިލީޒްކޮށްފަ އެވެ. މި ފިލްމަކީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން އާލިއާ ބަޓް ފެނިގެންދާ ފުރަތަމަ ފިލްމެވެ.

އާލިއާ އާ ގުޅޭގޮތުން ސަންޖޭ ވަނީ އޭނާ ދިން އިންޓަވިއުއެއްގައި މަޖާ ވާހަކައެއް ހިއްސާކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ރަންބީރު އާއި އާލިއާ އެއްކޮށް މަސައްކަތްކުރަން އޮތް ފިލްމެއްގެ ވާހަކަ ބުންޏެވެ.

އެއީ ރަންބީރުގެ އަލަތު ފިލްމު ސާވަރިޔާއެއް ވެސް ނޫނެވެ. އަދި އާލިއާގެ ފިލްމު ގަންގޫބާއީ ކަތިއާވަޑީ ވެސް ނޫނެވެ. އެއީ މީގެ އެތައް އަހަރެއް ކުރިން ސަންޖޭ ލީލާ ބަންސާލީ އުފައްދަން އުޅުނު "ބަލިކާ ވަދޫ" ކިޔާ ފިލްމެކެވެ.

އޭރު އުމުރުން 12 އަހަރުގެ އާލިޔާއަށް އެ ފިލްމުގައި ކުޅެން ޖެހުނީ ކުޑައިރު ކައިވެނިކުރުވަން އުޅޭ ކުއްޖެއްގެ ރޯލެވެ. އެ ދެތަރިން ބައްދަލުވެފައި ވަނީ ފިލްމުގެ ލުކް ޓެސްޓަށެވެ. އެ ޓެސްޓްގައި އާލިއާއަށް ޖެހުނީ ރަންބީރްގެ ކޮނޑުގައި ބޯ އަޅަންށެވެ. އެހެން ނަމަވެސް ލަދުން އާލިއާއަށް އެކަމެއް ނުވި އެވެ.

ރަންބީރު ބުނިީ ސަންޖޭ ހީކުރީ އާލިއާ ރަންބީރުއާ ފްލާޓްކުރަން އުޅުނީ ކަމަށެވެ. މީގެއިން އެނގިގެން ދަނީ އޭރު ވެސް އާލިއާއަށް ރަންބީރު ކަމުދާ ކަމެކެވެ. މިހާރު އެ ދެތަރިންނަކީ ލޯބިވެރިންނެވެ.