ދެހާސް ސައްވީހުގައި އުފެދުނު އެންމެ ފުރަތަމަ ހަރިކޭން އިއްޔެ ޖެމެއިކާއަށް އަރައިފި އެވެ.

ހަރިކޭން ބެރިލްގެ ނަމުން ނަންދީފައިވާ މި ތޫފާން ފުރަތަމަ ރޭންކް ކުރެވިފައިވަނީ ކެޓަގަރީ ފަހެއްގެ ތޫފާނެއްގެ ގޮތުގަ އެވެ. ނަމަވެސް ޖެމެއިކާއަށް އެރިއިރު އެ ތޫފާން ވަނީ ކޮންމެވެސް ވަރަކަށް މައިތިރިވެ، ކެޓަގަރީ ހަތަރަކަށް ބަދަލުވެފަ އެވެ. މިއީ ވިލާގަނޑުގެގައި ގަޑިއަކު 130 މޭލަށް ވައިޖެހޭ ވަރުގެ ތޫފާނެކެވެ.

ތޫފާނާ ގުޅިގެން ޖެމެއިކާގެ ބައެއް ހިސާބުތަކުން މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރެވިފަ އެވެ. އަދި 24 ގަޑިއިރުގެ ކާފިއުއެއް ވަނީ އިއުލާންކޮށްފަ އެވެ.

ޓްރޮޕިކަލް ތޫފާނަކުން ބޮޑު ތޫފާނަކަށް ބެރިލް ބަދަލުވެފައިވަނީ އެންމެ 42 ގަޑިއިރު ތެރޭގަ އެވެ. ރިކޯޑްތަކުން ދައްކާގޮތުގައި މިއީ މިހާ އަވަހަށް ތޫފާނެއް އުފެދުނު ހަވަނަ ފަހަރެވެ. ހަރިކޭން ބެރިލް އުފުދިފައިވާލެއް އަވަސް ކަމުން މި އަހަރުގެ ތޫފާންތައް ވަރަށް ނުރައްކާތެރިވާނެ ކަމަށް ބެލެވެ އެވެ.

މި ތޫފާނުގެ ސަބަބުން ޖެމެއިކާގައި ހަތް މީހުން މަރުވެއްޖެ އެވެ. މި ތޫފާން ދެން ދަތުރުކުރާނީ މެކްސިކޯ އަދި އެމެރިކާގެ ޓެކްސަސް އާ ދިމާލަށެވެ.

ހަރިކޭން ބެރިލް ދަތުރުކުރަމުންދާ ގޮތް