ދުނިޔޭގެ އެކިއެކި ގައުމުތަކުގެ މަޝްހޫރު މީހުންނާ ބެހޭ ތަފާތު މައުލޫމާތު ހޯދުމަށް ގިނަ ބަޔަކު ޝައުގުވެރިވެ އެވެ. އެގޮތުން އެމީހުން ލާ ހެދުމާއި، ގެންގުޅޭ އަތް ދަބަހާއި، އަރާ ބޫޓު ނުވަތަ ފައިވާނުން ފެށިގެން އަތު ކުރީގައި އަޅާ ގަޑިއާ ބެހޭ މައުލޫމާތު ހޯދުމަށް ވެސް ބޭނުންވެ އެވެ.

އެގޮތުން މިފަހަރު މިބަލައިލަނީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ އަޅާ އުޅޭ އަތުކުރި ގަޑިއަށެވެ. ފަހަރުގައި އެ ގަޑި އަކީ ވަގުތު ބަލަން ގެންގުޅޭ އެއްޗަކަށްވުރެ، ހައިބަތު ދެއްކުމަށް އަޅާ އެއްޗަކަށް ވެސް ވެދާނެ އެވެ. އަދި މަޝްހޫރު މީހުން އެއްގަޑިއަށް ވުރެ ގިނަ ގަޑި އަޅާއުޅޭ ބަޔަކަށް ވެސް ވެދާނެ އެވެ. އެގޮތުން މިފަހަރު ވިރާތު ބޭނުންކުރާ އަގު ބޮޑު ދިހަ ގަޑިޔަކަށް ބަލައިލާނަމެވެ.

https://www.instagram.com/p/CvesOs2uOcm/?hl=en&img_index=1

ވިރާތު ކޯލީގެ ގަޑި ކަލެކްޝަންގައި ހިމެނޭ ގަޑިތައް:

  • 4.6 ކްރޯޑް ރުޕީސްގެ އަގުހުރި ރޮލެކްސް ޑޭޓޯނާ (އާރުބީއޯ) ގަޑި
  • 1.23 ކްރޯޑް ރުޕީސްގެ އަގުހުރި ޕްލެޓިނަމް ރޮލެކްސް ޑޭޓޯނާ ގަޑި
  • 2.6 ކްރޯޑް ރުޕީސްގެ ޕްލެޓިނަމް ޕެޓެކް ޕިލިޕެ ގްރޭންޑް ކޮމްޕްލިކޭޝަން ގަޑި
  • 1.14 ކްރޯޑް ރުޕީސްގެ ޕްޓެކް ޕިލިޕެ ނޯޓިލަސް ގަޑި
  • 1.8 ކްރޯޑް ރުޕީސްގެ ރޮލެކްސް އޮއިސްޓާ ސްކައި-ޑްވެލަ ގަޑި
  • 3.2 ކްރޯޑް ރުޕީސްގެ ރޮލެކްސް ޑޭޓޯނާ ވިތު އަ ވައިޓް ޑައިލް ގަޑި
  • 1.2 ކްރޯޑް ރުޕީސްގެ އޮޑެމާސް ޕިގޭ ރޯޔަލް ގަޑި
  • 1.1 ކްރޯޑް ރުޕީސްގެ ގްރީން ޑައިލް ގަޑި
  • 1.1 ކްރޯޑް ރުޕީސްގެ ރޮލެކްސް ޑޭ-ޑޭޓް ރޯޒް ގޯލްޑް އޮލިވް ޑައިލް
  • 86 ލައްކަ ރުޕީސްގެ ސްކެލެޓަން ކޮންސެޕްޓް ގަޑި

ވިރާތު ކޮލީ ކްރިކެޓްގައި 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކުޅުނުއިރު، އޭގެ ފަހުން އޭނާ ވަނީ ހުއްޓުމެއް ނެތް ކްރިކެޓް ކުޅެފަ އެވެ. ފާހަގަކޮށްލެވޭ ބެޓިން ހުނަރުގެ އިތުރުން އިންޑިއާ ޓީމުގެ ކެޕްޓަންގެ މަގާމުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކެޕްޓަން ވިރާޓު ކޯލީ އާއި ފިލްމީ ތަރި އަނުޝްކާ ޝަރުމާ ކައިވެނި ކުރީ 2007 ގައި އެވެ. މިހާރު މި ދެ މީހުންނަށް 2 ކުދިން ވަނީ ލިބިފަ އެވެ.