ދީޕިކާ ޕާޑުކޯން އަކީ އިންޑިއާގެ އެންމެ ނަން މަޝްހޫރު އެކްޓްރެސް ކަމާއި މެދު ޝައްކެއް ނެތެވެ. އަބަދުވެސް ބިޒީ ޝެޑިއުލްއެއްގައި އުޅޭ ދީޕިކާ ވަރަށް ގިނައިން އެއާޕޯޓުތަކުންނާއި ރެސްޓޯރެންޓްތަކުން ފެނެ އެވެ. މި ފެނިލުންތަކުގައި އާންމުކޮށް ފޭނުންނާއެކު ސެލްފީ ނަގާލަން މަޑުކޮށްލަ އެވެ.

ކަންތައް ގޯސްވާން މާ ގިނަ ވަގުތެއް ނުނަގަ އެވެ. ދާދިފަހުން އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ރެސްޓޯރެންޓެއްގެ ބޭރުގައި މީހަކު ދީޕިކާގެ ދަބަސް ޖަހައިގަންނަން މަސައްކަތް ކުރާ ތަނެވެ.

އެ މީހާ އުޅުނީ ދީޕިކާއަށް ޓިޝޫ ވިއްކާ ކަމަށް ހެދިގެން ދަބަސް ޖަހައިގަތުމަށެވެ. އެ ވަގުތު ދަބަސް ދޫނުކުރުމަށް ދީޕިކާ ގަދަދެއްކުމުން އެތަނަށް ގިނަ ބަޔަކު ވަނީ ޖަމާވެފަ އެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދީޕިކާގެ ޓީމް ވަނީ އެ ސަރަހައްދަށް އައިސްފަ އެވެ. ފެންނަ ފެނުމަށް ދީޕިކާ ހުރީ ވަރަށް ރުޅިގަދަ ވެފަ އެވެ.

ދީޕިކާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ރަންވީރު ސިންގް އާއި އެކު "83" އިންނެވެ. މިހާރު ޝޫޓު ކުރަމުން ގެންދަނީ ޝާހްރުކް ހާން އާއި ޖޯން އަބްރަހަމް އާއި އެކު "ޕަތާން" ފިލްމުގެ އެވެ.