ސައުތު ކޮރެއާގައި އަމިއްލައަށް މަރުވާ ފިރިހެނުން ގިނަ ވަނީ އެގައުމުގެ އަންހެނުންގެ ސަބަބުންކަމަށް ކޮރެއާގެ ސޯލް ސިޓީ ކައުންސިލަރު ކިމް ކީ-ޑަކް ބުނެފި އެވެ.
އޭނާ ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ކޮރެއާގެ މަސައްކަތުގެ ދާއިރާގައި އަންހެނުން ގިނަވުމުގެ ސަަބަބުން ފިރިހެނުންނަށް ވަޒީފާ ހޯދުމަށް ވަނީ ހުރަސްތައް ކުރިމަތިވެފަ އެވެ.
"ކޮރެއާ ދަނީ އަންހެނުން ޑޮމިނޭޓް ކުރާ ސޮސައިޓީއަށް ބަދަލުވަމުން" އަދި "މި ކަމުގެ ސަބަބުން ފިރިހެނުން އަމިއްލައަށް މަރުވުން އިތުރުވުމުގެ އެއް ސަބަބު ކަަމަށް ބެލެވޭ" ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ސައުތު ކޮރެއާއަކީ މުއްސަނދި ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން މީހުން އަމިއްލައަށް މަރުވާ އެއް ގައުމެވެ. އަދި މިންތީގެ ހަމަހަމަކަން ވަރަށް ދަށް ގައުމެެކެވެ. މި ގައުމުގައި އަންހެނުން ގިނައިން އަދާކުރަނީ ވަގުތީ ނުވަތަ ޕާޓް ޓައިމް ވަޒީފާތަކެވެ. އަދި އެވްރެޖްކޮށް ފިރިހެނުންނާއީ އަޅާކިޔާއިރު އަންހެނުންނަށް ލިބޭ މުސާރަ %29 މަދެވެ.
ކިމްގެ މި ރިޕޯޓާ ގުޅިގެން ކޮރެއާގެ ސުއިސައިޑް ޕްރިވެންޝަން އެކްސްޕާޓުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެެކަން ކުށްވެރިކޮށްފަ އެވެ. އަދި ކާފީ ހެކި ނެތި މި ފަދަ ނުރައްކާތެރި ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށްފަ އެވެ.
ވިލިނގިލީ އެއާޕޯޓް އަޅަން ނޮވެމްބަރުގައި ފަށާނެ: އަމީން
ނޭނގި ނަމަވެސް ކައިވެނީގައި އާއްމުކޮށް ހެދޭ 5 ގޯހާއި އޭގެ ހައްލު!
އެކްސިޑެންޓްތައް ތަހުގީގުކުރާ ހާއްސަ ސޮފްޓްވެއާއެއް ބޭނުންކުރަނީ
ކޮރެއާ އަކީ ވަރަށް ލޯބީގެ ބޮޑުތަނެއް ، އަންހެންކުދިން އެހާ ޅޫލާފަިވެފައި ރީތިވާނެ ، ގިނަމީހުން ދަންޖެހެނީ ލޯބީގެ މައްސަލާގައި