ނައިޖީރިއާގެ ނައިޖަރު ސިޓީގެ ސްކޫލަކުން ވަގަށް ނަގާފައިވާ ފުރާވަރުގެ 27 ފިރިހެން ކުރިން ދޫކޮށްލައިފި އެވެ.

އެ ކުދިން ދޫކޮށްލާފައި މިވަނީ އެސިޓީއާ ކައިރި ހިސާބަކުން ސްކޫލަކުން އެ އުމުރުގެ 300 އަންހެން ކުދިން ވަގަށް ނެގުމުން އެ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

ނައިޖީރިއާގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ފައިސާ ހޯދުމަށް ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ކިޑްނެޕްކުރާ ތަނަކަށް ސްކޫލްތައް މިވަނީ ވެފަ އެވެ.

މިމަހުގެ 17 ވަނަ ދުވަހު ކަގާރާ އޭ ކިޔާ އަވަށުގައި ހުންނަ ގަވަމެންޓް ސައިންސް ސެކަންޑްރީ ސްކޫލުން 17 ކުދިންނާއި ތިން މުއައްޒަފުންގެ އިތުރުން އެ މީހުންގެ އާއިލާގެ 12 މީހަކު ވަނީ ވަގަށް ވަގާފަ އެވެ. އަދި މިހާދިސާގެ ތެރެއިން އެއްކުއްޖަކު ވަނީ މަރުވެފަ އެވެ.

ވަގަށް ނެގި ކުދިންނަކީ 15 އަހަރާ 18 އަހަރާ ދެމެދުގެ ކުދިންތަކެކެވެ. އަދި އެކުދިން ދޫކޮށްލިއިރު ބައެއްކުދިންގެ ހާލު ދެރަކަމަށް މައުލޫމާތު ލިބެ އެވެ.

މި ފިރިހެން ކުދިން ދޫކޮށްލީ ޒަމްފާރާ ސްޓޭޓްގެ ސްކޫލަކުން 317 އަންހެން ކުދިން ވަގަށް ނެގުމުން، އެކުދިންގެ މައިންބަފައިން ސްކޫލުގެ ގޯތި ތެރޭގައި އެކުދިން ދޫކޮށްލާނެ ކަމުގެ އުންމީދުގައި ތިއްބަ އެވެ.

ބައެއް ބެލެނިވެރިން ބުނީ އެކުދިން ވަގަށްނެގި ހަތިޔާރު އެޅި މީހުން ބޭނުން ވަނީ ފައިސާ ކަމަށާއި، އެހެންކަމުން ސަރުކާރުން އެ ފައިސާ ހަމަޖައްސައިދީފި ނަމަ އެކުދިން ދޫކޮށްލާނެ ކަމަށެވެ.