ރާއްޖެއަކީ މި ގައުމަށް ލިބިފައިވާ ގުދުރަތީ ރީތިކަމަށް މަޝްހޫރު ގައުމެކެވެ. ހާއްސަކޮށް މި ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކާއި އެއާ ގުޅިފައިވާ ކަންކަމަކީ މުޅި ދުނިޔެ އެކަމަކަށް މަރުދޭ ކަންކަމެވެ.

ރާއްޖޭގެ އެފަދަ މަންޒަރެއް ދާދި ފަހުން މިވަނީ މުޅި ދުނިޔޭގެ ސަމާލު ކަމަށް އައިސްފަ އެވެ. އޭބީސީ ނިއުސްއިން އާއްމުކުރި ވީޑިއޯއެއްގައި ފެންނަނީ ޑައިވަރަކު މާސިންގާ ބޮޑުމަހަކާ އެކު ފަތާފައިދާ މަންޒަރެވެ.

މިއީ ފެނުން ނާދިރު މަންޒަރަކަށް ވާއިރު ދުނިޔޭގައި ލައްވަވާފައިވާ އެންމެ ބޮޑު ދިރޭ މަޚްލޫގާއެކު އެހާ ކައިރިން ޑައިވް ކުރަން ލިބުނު ތަޖުރިބާއަކީ އެ ޑައިވަރަށް ތަފާތު ތަޖުރިބާއަކަށްވާނެ އެވެ.

https://www.instagram.com/p/C9SdsPyt5F2/

އޭރިއަލް ވިއުއަކުން ނަގާފައިވާ ގާތްގަނޑަކަށް 45 ސިކުންތުގެ ދިގު އެ ވީޑިއޯގައި ބޮޑުމަހާއި ޑައިވަރު އެކުއެކީގައި ކަހަލަ ގޮތަކަށް ކަނޑުގެ މެދުން ފަތާފައިދެ އެވެ.

https://www.instagram.com/p/C9RtV2_JQAk/

މި ވީޑިއޯ މިހާރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާއްމުވެފައިވާއިރު އެ ވީޑިއޯ އަންނަނީ ގިނަ ބަޔަކު އަޖާއިބު ކުރުވަމުންނެވެ.

"ބްލޫ ވޭލް" ނުވަތަ ބޮޑުމަހަކީ ބަރުދަނުގައި ގާތްގަނޑަކަށް 100،000 ޕައުންޑްސް ހުންނަ ދުނިޔޭގައި ލައްވާފައިވާ އެންމެ ބޮޑު ދިރޭ މަހުލޫގެވެ.

ބޮޑުމަސް އާންމުކޮށް ދަތުރުކުރަނީ ގަޑިއަކު ގާތްގަނޑަކަށް 5 މޭލު ބާރުމިނުގައި ކަމަށްވެ އެވެ. ނަމަވެސް ބާރަށް ދަތުރުކުރާއިރު ގަޑިއަކު 20 މޭލަށް ވުރެ ބާރު މިނުގައި ދަތުރުކުރެ އެވެ.