ބެން އެފްލިކްއާއި ޖެނިފާ ލޮޕޭޒްގެ ވަރީގެ މައްސަލަ ދިގުދެމިގެން އަންނައިރު އެކަމުގައި ދެ ތަރިންގެ ވިސްނުމާއި އިހުސާސްތައް ވެސް ވަރަށް ތަފާތެވެ. އެގޮތުން ބެން އުޅެނީ ވަރީގެ ހަނގުރާމައިގައި ޖެނިފާ އޭނާގެ ހަޔާތް ބަރުބާދު ކޮށްލާފާނެތީ ބިރުން ކަމަށް ހަބަރުތައް ވަނީ ބުނަން ފަށާފަ އެވެ.

"ބެންއާއި ޖެނިފާގެ ގުޅުން ނިމުމަކަށް އައިކަން ގަބޫލުކުރަން ޖެނިފާއަށް އުނދަގޫ. އެހެންވެ ބެންއަށް އެކި ގޮތްގޮތުން ދަތިތައް ކުރިމަތި ކުރުވާފާނެތީ ބެން ކަންބޮޑުވޭ،" ރިޕޯޓުތަކުގައި ހާމަކޮށްފައިވެ އެވެ.

ބޭރު ތެރެއިން ބެން ފެންނަ ފެނުންތަކުގައި އަދިވެސް ކައިވެނީގެ އަނގޮޓި އަޅައިގެން އުޅެނީ އެ ދެމީހުން ވަކިވިކަން ޔަގީން ކޮށްދޭން ފަސްޖެހޭތީ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މެއި މަހުން ފެށިގެން ބެންއާއި ޖެނިފާ ވަކިވަކިން ދިރިއުޅެމުން އަންނައިރު ބެން ވަނީ ބެވާލީ ހިލްސްއިން 60 މިލިއަން ޑޮލަރުގެ އަގުބޮޑު ގެއެއް އޭނާއަށް ގަނެފަ އެވެ.

އެ ދެމީހުންގެ ވަރީގެ މައްސަލަ ކުރިއަށްދާއިރު ޖެނިފާ އަވަދިނެތި އުޅެނީ އޭނާގެ މަސައްކަތުގަ އެވެ. ބެން ދަނީ އޭނާގެ ތިން ދަރިންނާއެކު ވަގުތު ހޭދަކުރަމުންނެވެ.