ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ 95 ޕަސެންޓު ނިމިއްޖެ އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ 95 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ސީ އައުޓް ފޯލު ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ.
ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް 69.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި މި މަޝްރޫއުގައި ހިރަމަރަދޫގައި 8.06 ކިލޯ މީޓަރުގެ ދިގު ފެން ހޮޅި އާއި 5.02 ކިލޯ މީޓަރުގެ ނަރުދަމާ ހޮޅި އަޅާފައިވާ ކަމަށެވެ.
އަދި އާރޯ ފެސިލިޓީ ބިލްޑިންނާއި ނަރުދަމާ އިދާރީ ބިލްޑިންގެ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރޯ ޕްލާންޓާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީއެއް ބެހެއްޓުމާއި ތިން ޕަންޕު ސްޓޭޝަން ގާއިމްކޮށްފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރާއި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ކަނެކްޝަން ގުޅައިދިނުން ހިމެނެ އެވެ.
އަދި މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.