ރަޔަން ރެނޯލްޑްސް އަދި ހިޔު ޖެކްމަން އެކީގައި ފެނިގެން ދިޔަ މާވެލްގެ "ޑެޑްޕޫލް އެންޑް ވޮލްވަރިން" އަށް ދެވަނަ ހަފްތާ ބަންދުގައި 97 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ބުނެފި އެވެ.

"ޑެޑްޕޫލް އެންޑް ވޮލްވަރީން" އަށް މިހާތަނަށް އުތުރު އެމެރިކާއިން 395 މިލިއަން ޑޮލަރު އަދި ދުނިޔޭގެ ފެންވަރުގައި 824 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ ފުރަތަމަ ދެ "ޑެޑްޕޫލް" އިންސްޓޯލްމަންޓަށް ވުރެ ބޮޑު އާމްދަނީއެކެވެ. މި އަދަދު ދުވަސްކޮޅެއްގެ ތެރޭގައި 1 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެ އެވެ.

މިއީ މާވެލް ސިނެމެޓިކް ޔުނިވާސްގެ މައްޗަށް ބިނާކޮށް ހެދި 34 ވަނަ ފިލްމެވެ. މި ފިލްމްގައި މާވެލްގެ ކުރީގެ ފިލްމުތަކުގެ ތަރިން ފެނިގެންދާނެ ކަމަށް މާވެލްއިން ވަނީ ބުނެފައެވެ. ހަބަރު ލިބޭގޮތުގައި މި ފިލްމުވަނީ ފިލްމުހެދުމަށް ހަރަދުވި ބަޖެޓު 2 ދުވަސް ތެރޭ ހޯދާފައެވެ.

މިއީ މިއަހަރު ދެވަނައަށް އެންމެ ގިނަ އާމްދަނީ ހޯދި ފިލްމެއެވެ. މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ "އިންސައިޑް އައުޓް 2" އެވެ.