ބްލޭކް ލައިވްލީގެ އާ ފިލްމު "އިޓް އެންޑްސް ވިތް އަސް" އަންގާރަ ދުވަހުގެ ރޭ ނިއު ޔޯކް ސިޓީގައި ޕްރިމިއާކޮށްފި އެވެ.

މި ޕްރިމިއާގައި ބްލޭކްގެ ފިރިމީހާ ރަޔަން ރޭނޯލްޑްސް އަދި އޭނާގެ ކޯ ސްޓާ ހިޔު ޖެކްމެން ވެސް ބައިވެރިވި އެވެ. ބްލޭކް ލައިވްލީއަކީ މި ފިލްމު ޕްރޮޑިއުސްކުރި އެއް ފަރާތެވެ. މި ފިލްމު ސިނަމާތަކުގައި އެޅުމުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު އެވެ.

ކޮލީން ހޫވާގެ އެންމެ ކާމިޔާބު ވާހަކަ ފޮތް "އިޓް އެންޑްސް ވިތް އަސް" ގެ މައްޗަށް ބިނާ ކޮށް ހަދާފައިވާ މި ފިލްމަކީ ގެވެށި އަނިޔާއިން ސަލާމަތްވުމާ ބެހޭ ފިލްމެކެވެ. މި ފިލްމުގައި ބްލޭކް ފެންނާނީ ލިލީ ބްލޫމްގެ ކެރެކްޓާގަ އެވެ.

އިޓް އެންޑްސް ވިތް އަސް

ބްލޭކް ލައިވްލީ އަކީ ގޮސިޕް ގާލް، އޭޖް އޮފް އެޑެލިން، ދަ ޝަލޯސް އަދި އަ ސިންޕަލް ފޭވާ ފަދަ ފިލްމުތަކުން ފެނިފައިވާ މޫނެކެވެ.

މި ފިލްމުގެ ފިރިހެން މައިގަނޑު ރޯލުން ފެންނާނީ ޖަސްޓިން ބެލްޑޯނީއެވެ. ބެލްޑޯނީއަކީ "ޖޭން ދަ ވާޖިން" ސީރީސްއިން މަޝްހޫރު މޫނެކެވެ. މި ފިލްމުގެ ސަޕޯޓިން ރޯލްތަކުން ޖެނީ ސްލޭޓް އަދި ކޮމޭޑިއަން ހަސަން މިންހާޖް ފެނިގެންދާނެ އެވެ.