މިއަހަރުގެ އޮލިމްޕިކްސްގެ ކާމިޔާބީއަށް ފަހު އެމެރިކާގެ މަޝްހޫރު ޖިމްނާސްޓް ދެން ބޭނުންވަނީ މަންމައަކަށް ވާން ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ސިމޯން ވަނީ މި އަހަރުގެ އޮލިމްޕިކްސްގައި 3 ގޯލްޑް މެޑަލް އާއި 1 ސިލްވާ މެޑަލް ހޯދާފަ އެވެ. ސިމޯންއަށް ވަނީ ޖުމްލަ 10 އޮލިމްޕިކް މެޑަލް ލިބިފަ އެވެ. މީގެ ތެރެއިން 7 މެޑަލް އަކީ ރަން މެޑަލް އެވެ.

"ޖޮނަތަން އާއި އަހަރެން އަބަދުވެސް ދަރިން ބޭނުންވޭ، މިހާރު ވެސް ބޭނުން. ނަމަވެސް އާއިލާއެއް ފެށުމުގެ ކުރިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް އަހަރެމެން ދެ މީހުންގެ ވެސް އެބަހުރި، ދަރިންނަކީ ހަމަ ޔަގީނުން ވެސް އަހަރެމެންގެ މުސްތަގުބަލުގައި އޮތް ކަމެއް،" އޭނާ ބުންޏެވެ.

ސިމޯން އާއި އެންއެފްއެލް ކުޅުންތެރިޔާ ޖޮނަތަން އޮވެންސް ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.

އޮލިމްޕިކްސްގެ މި ކާމިޔާބާއެކު ވެސް އަދި ރިޓަޔާކުރަން ނުވިސްނާ ކަމަށް ސިމޯން ވަނީ ބުނެފަ އެވެ. އަދި 2028 ވަނަ އަހަރު ލޮސް އޮސްޖެލިސްގައި އޮންނަ އޮލިމްޕިކްސްގައި ވެސް އޭނާ ފެނިދާނެކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ.