މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާމަން އަބްދުﷲ ފާއިޒް އޮޅިގެން މަގާމުން ވަކި ކުރެވިއްޖެ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓަރިޒޭޝަން ބޯޑް (ޕީސީބީ) އަށް މި އޮޅުން އެރީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށްވަނީ އެނގިފަ އެވެ. ފާއިޒްއަށް މަގާމުން ވަކި ކުރިކަމުގެ ސިޓީ ފޮނުވާފައިވާއިރު، ޕީސީބީން ފަހުން ވަނީ އެއީ އޮޅުމެއްކަމަށް ބުނެފަ އެވެ.
ފާއިޒު އަކީ އެމްޑީޕީ ސަރުކާރުންގައި 2019 އިން ފެށިގެން އެ ބޯޑްގެ ޗެއާމަން އެވެ. ފާއިޒް މަގާމުން ވަކިކުރި ކަމުގެ ލިޔުން ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ސިޓީގައި ސޮއި ކުރައްވާފައިވަނީ ޕީސީބީގެ ރައީސް ހަމްދީ އަގީލެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހު ވަނީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން އާއި ދެ މެންބަރަކު މަގާމުން ވަކިކޮށްފަ އެވެ.
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
ދުވާލަކު 35 ބޭސް ކާ ކަމަށް ކިމް ބުނުމުން މާހިރުން އިންޒާރު ދީފި
ޑޮން 3: ފަރްހާން އެންމެ ފަހުން އިދާރާތަކަށް!