އޮސްޓްރޭލިޔާގެ މަޝްހޫރު އަވަށެއްގެ ހޮޓަލެއްގެ ފުރާޅުމައްޗަށް ހެލިކޮޕްޓަރެއް ވެއްޓި އޭގައި ދަތުރުކުރި ދެމީހުން މަރުވެއްޖެ އެވެ. ހެލިކޮޕްޓަރުގައި ދަތުރުކޮށްފައި ވަނީ އޭގެ ފައިލެޓާއި އިތުރު އެހެން މީހެކެވެ. ދެ މީހުންގެ ހަށިގަނޑު ވަނީ ކުއީންސްލެންޑް ފުލުހުން ހޯދާފަ އެވެ. މިއީ ކޮން ބައެއްކަން އަދި އެނގިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
މި ހާދިސާ ހިނގުމުން ހިލްޓަން ޑަބަލްޓްރީ ހޮޓަލުގެ ހުރިހާ ގެސްޓުންނެއް ވަނީ ހޮޓަލުން އެހެންތަނަކަށް ބަދަލުކޮށްފަ އެވެ. އަދި އެ ހޮޓަލާ ކައިރި ސަރަހައްދުތަކުން ވެސް މީހުން ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ.
ހެލިކޮޕްޓަރު ވެއްޓުނީ ކީއްވެގެންކަން ދިރާސާކޮށް ފޮރެންސިކް ރިޕޯޓް ހަދާނެކަމަށް އޮސްޓްރޭލިޔާގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ހެލިކޮޕްޓަރުގެ ފިޔަތައް ވަނީ ވިއްސައިގެން ގޮސްފަ އެވެ. އެތަނުން އެއް ފިޔަގަނޑު ވެއްޓިފައިވަނީ ހޮޓެލުގެ ޕޫލަށެވެ. ހެލިކޮޕްޓަރު ވެއްޓުނު ވީޑިއޯ މިހާރު ދަނީ ސޯޝަލއ މީޑިއާގައި ފެތުރެމުންނެވެ.
މި ހާދިސާގައި ހޮޓަލުގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އެންޒައިޓީ: ނަފްސާނީ ނުތަނަވަސްކަމުން ޖިސްމާނީ ބަލިތަކަށް!
ގުދުރަތީ މާހައުލެއްގައި 20 މިނެޓު ހޭދަ ކުރުމުން ގިނަ ފައިދާތަކެއް
ރިތިކްގެ އެންމެ ފުރަތަމަ މުސާރައަށް ގަތީ ކުޅޭ ކާރެއް!