ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުތަކާއި އެހެން ޒޯނުތަކަށް ރެޖިސްޓްރީކޮށްގެން މާލޭގައި ގެންގުޅޭ އުޅަނދުތަކުގެ ރެޖިސްޓްރޭޝަން ބަދަލު ކުރަން ހަ މަސް ދުވަހުގެ މުހުލަތެއް ދޭން ސަރުކާރުން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެ އުސޫލާއެއްގޮތަށް ރަޖިސްޓްރީ ބަދަލުކުރުމަކީ އެ އުޅަނދެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ.
"އަޅުގަނޑުމެން އުސޫލު ކަނޑައަޅާނަން 6 މަސް ތެރޭގައި އެތަނުން އެ ވެހިކަލް ނަގަވަން ޖެހޭ ގޮތަށް. އެއީ ތާއަބަދަކަށް އެތަންތަނުގައި ނުބެހެއްޓޭނެތީ. އެއީ އެހެން ކަންތައްތަކަށް ކަނޑައެޅިފައި ހުރި ބިންތަކަކަށް ވާތީ،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ މަލޭގައި ބޭނުންކުރާ އުޅަނދުތައް އެޗްޑީސީން ކަނޑައަޅާ ބިމަކަށް ގެންދަން 40 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ބިމަށް ނުގެންދާ އެފަދަ އުޅަނދުތައް ފުލުހުން ޓޯ ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވި އެވެ.
އެފަދައިން އަމަލުކުރަން ފެށިޔަސް ސްކޫލްތަކާއި މިސްކިތްތަކާއި ހޮސްޕިޓަލްތަކާއި އާންކޮށް މީހުން ގޮސް އުޅޭ ސަރަހައްދުތައް ހިމެނޭހެން ޖުމްލަ ނުވަ ސަރަހައްދެއްގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރަމުން ފުލުހުން ގެންދާނެ ކަމަށް އިހްސާން ވިދާޅުވި އެވެ.
މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި ދެ މީހުން ހައްޔަރުކޮށްފި
ވައިބާ ހެކްކޮށްގެން ފޭރުނު 150،000 ރުފިޔާ އަދިވެސް ނުހޯދޭ
"ދްރިޝްޔަމް 3" ދޫކޮށްލުމުން ޕްރޮޑިއުސަރު ރުޅިގަދަވެއްޖެ
