މޭކަޕްކުރާ ކޮންމެ މީހަކަށްވެސް "ޑަބަލް ކްލެންސިންގް"ގެ ވާހަކަ މިހާރު ހުންނާނީ ކޮންމެވެސް ވަރަށް އަޑުއިވިފަ އެވެ. މޫނު ދޮންނައިރު ބޭނުންކުރާ މި ހާއްސަ މެތަޑަކީ މި ވަގުތު ހަންގަނޑުގެ ތަޖުރިބާކާރުންނާއި ސޯޝަލް މީޑިއާ އިންފްލުއެންސަރުން އެންމެ ގަދައަށް ރިކޮމެންޑްކުރާ އެއް މެތަޑެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މޫނުގައި ހުންނަ ހަޑި، ސަންސްކްރީން އަދި މޭކަޕްތައް ފިލުވާލާ ރަނގަޅަށް މޫނު ސާފުވާނީ މި މެތަޑް ބޭނުންކޮށްގެންނެވެ.

ޑަބަލް ކްލެންސިންގް އަކީ ކޮބާ؟

ޑަބަލް ކްލެންސިންއަކީ މޫނު ދެފަހަރު ދޮވެލުމެވެ. އެކަމަކު ދެ ވައްތަރުގެ ކްލެންސާއެއް ބޭނުންކޮށްގެންނެވެ.

ޑަބަލް ކްލެންސް ކުރާނީ ކިހިނެތް؟

1. އެންމެ ފުރަތަމަ އޮއިލް ހުންނަ ކްލެންސަރަކުން ހިކި ހަންގަނޑުގައި ހާކާލާ ރަނގަޅަށް މަސާޖުކޮށްލާށެވެ. މި ސްޓެޕަކީ މޫނުގައި ހުންނަ މޭކަޕް ފަދަ އެއްޗެހި ފިލުވާލުމަށް ކުރާކަމެކެވެ.

2. ދެން މޫނު ދޮވެލާށެވެ. މޫނު ދޮންނައިރު ފޮތިކޮޅެއް ނުވަތަ އަތް ވެސް ބޭނުންކުރެވިދާނެ އެވެ.

3. ދެން ބޭނުންކުރާނީ ވޯޓާ ބޭސްޑް ކްލެންސާއެކެވެ. މި ކްލެންސާއިން މޫނުގައި ބާކީހުރި ހަޑިތައް ފިލުވާލާނެ އެވެ. މޫނުގައި ކްލެންސާ ހާކާލާއިރު ސާކިއުލާ މޯޝަންސް ބޭނުންކުރާށެވެ.

4. މޫނު ހިއްކާލަން މަޑުމަޑުން ތުވާލިކޮޅު މޫނުގައި ޖައްސާލާށެވެ. ބާރަށް މޫނު ނުފޮހޭށެވެ.

ޑަބަލް ކްލެންސް ކުރުމަށް އެދެވިގެންވަނީ ގަވައިދުން މޭކަޕް ކުރާ މީހުންނަށެވެ. މޭކަޕް ނުކުރާ މީހުން މިކަން ކުރުމުން ހަންގަނޑު މާބޮޑަށް ހިކިދާނެ އެވެ.