ކުރިން ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުންއައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ކ.ގުރައިދޫގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާ މަރުކަޒު މި ސަރުކާރުގައި ފުރަތަމަ ހިންގަމުންދިޔައީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުގެ ދަށުންނެވެ.
މިއަދު ރައީސް އޮފީހުން ބުނީ އެ މަރުކަޒު ބެލެހެއްޓުމާއި ހިންގުމުގެ ޒިންމާ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސް ނިންމެވީ ވަޒީރުންގެ މަޖިލީހުގައި ކުރެވުނު މަޝްވަރާތަކަށްފަހު ކެބިނެޓުގެ ލަފައާ އެއްގޮތަށް ކަމަށެވެ.
ގިނަ ދުވަސްތަކެއް ވެފައިވާ އެ މަރުކަޒާ ގުޅޭ ގޮތުން އެތައް ޝަކުވާތަކެއް ނިމިދިޔަ ދައުރުގެ ފަހުކޮޅުވަނީ މީޑިއާތަކުން ރިޕޯޓްކޮށްފަ އެވެ. އެތަނުގައި ގިނަ އަދަދަކަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް އަބަދުވެސް ތިބެ އެވެ. ނަމަވެސް ތަނުގެ ހިދުމަތަށް މާބޮޑު ކުރިއެރުމެއް މިހާތަނަށް ލިބިފައި ނުވެ އެވެ.
ޑާކް ޗޮކްލެޓު: ހަގީގަތުގައި ވެސް ސިއްހަތަށް ފައިދާހުރި ބަދަލެއް؟
78 ވަނަ އެމީ އެވޯޑްސް: އެންމެ މޮޅު ތަރިންނާއި ޝޯތައް!
ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުން ރާއްޖެއާ މެދު ކަންބޮޑުވޭ: ނަޝީދު