މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯން ބޮންޖޯވީ، ޓެނެސީގެ ނޭޝްވިލްގެ ބްރިޖަކުން ފުންމާލަން މަސައްކަތް ކުރި އަންހެނަކު ސަލާމަތްކޮށްފި އެވެ. މި ހާދިސާ ހިނގި ވީޑިއޯ މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. މި ވީޑިއޯގައި ބޮން ޖޯވީއާއި އިތުރު އަންހެނަކު ބްރިޖްމަތިން ހިނގާފައިދަނިކޮށް ނޫކުލައިގެ ހެދުމެއް ލައިގެން ހުރި އެ އަންހެން މީހާ ފުންމާލަން ތައްޔާރުވެފައި ހުންނަކަން ދެމީހުންނަށް ފެނެއެވެ.

އަދި ޖޯވީ އެމީހާ ކައިރިއަށް ގޮސް މަޑު މަޑުން ވާހަކަ ދައްކަން މަސައްކަތް ކުރާތަން ފެނެއެވެ. އަދި އިތުރު މީހެއްގެ އެހީގައި އެ މީހާއަށް ހިތްވަރުދީ އެތަނުން ފޭބުމަށް އެހީތެރިވާތަން ފެނެއެވެ. އަދި އޭގެ ފަހުންވެސް ޖޯވީ އެމީހާއާ ވަރަށް ވާހަކަދައްކާ، ހިތްވަރުދޭތަން ފެނެއެވެ.

ބޮން ޖޯވީގެ މި މަސައްކަތަށް މެޓްރޯ ނޭޝްވިލް ޕޮލިސް ޑިޕާޓްމެންޓުން ވަނީ އޭނާއަށް ވަރަށް ތައުރީފްކޮށްފަ އެވެ.

ރޮކް ލެޖެންޑް ބޮން ޖޯވީ އެ ވަގުތު އެ ބްރިޖް މަތީގައި ހުރީ އޭނާގެ އާ މިއުޒިކް ވީޑިއޯ ޝޫޓިންނަށެވެ.

ފުންމާލަން އުޅުނު އަންހެން މީހާއާ ވާހަކަ ދައްކަން ބޮން ޖޯވީ މަސައްކަތް ކުރަނީ