އިނގިރޭސި އަމީރާ ކޭޓް މިޑްލްޓަން ކެންސަރުގެ ފަރުވާ ނިންމާލުމަށްފަހު އެނބުރި ޝާހީ މަސައްކަތަށް ރަސްމީކޮށް ނުކުމެއްޖެ އެެވެ.
މި ގޮތުން އޭނާ އެންމެ ފުރަތަމަ ބައިވެެރިވެފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ކެންޕޭނެއް ކަމަށްވާ "އާލީ އިޔާސް ކެންޕޭން"ގެ މަސައްކަތަށެވެ.
މި ކެންޕޭނަކީ އިނގިރޭސިވިލާތުގެ ކުޑަކުދިންގެ ފުރަތަމަ 5 އަހަރުގެ ފެންވަރު ރަނގަޅަކުރުމަށް ކޭޓްގެ ފަރާތުން 2023 ގައި ފަށާފައިވާ ކެންޕޭނެކެވެ.
އޭނާ ވަނީ އެޑްވައިޒަރުންނާއެކު މި ކެންޕޭނާ ގުޅޭ ބައްދަލުވުމެއް ވިންޑްސަ ކާސަލްގައި ބާއްވާފަ އެވެ
ކެންސަރު ބަލިން ކޭޓް ސަލާމަތްވިކަން އިއުލާންކޮށްފައި ވަނީ މި މަހު ކުރީކޮޅު އެމީހުންގެ އެކްސް އެކައުންޓުންނެވެ.
ޕްރިންސް ވިލިއަމް އާއި ޕްރިންސަސް ކޭޓްގެ ރަސްމީ އެކްސް އެކައުންޓުން އާއްމުކޮށްފައިވާ އެ މެސެޖުގައި ބުނެފައިވަނީ ފާއިތުވި ނުވަ މަސް ދުވަަހަކީ އެ އާއިލާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްތަކެއް ކަމަށެވެ. އެ މެސެޖުގައި ދެމަފިރިން ވަނީ އެ މުއްދަތުގައި އާއްމުންގެ ފަރާތުން ލިބުނު ލޯތްބާއި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަަށް ބުނެފަ އެވެ.
ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި
"އޯއާރްއެސް"ގެ ހަގީގަތް: އެއީ ބޭރަށް ހިންގުމަށް އޮތް ހައްލެއްތަ؟
ހަތް މަސްތެރޭ 144 ކިލޯގެ ޑްރަގާއެކު 1،800 މީީހުން ހައްޔަރުކުރި